ދާދި ފަހުން ބޮލީވުޑް ދޫކޮށްލި އެކްޓްރެސް ސަނާ ޚާން އޭނާގެ ފިރިމީހާ މުފްތީ އަނަސް ސައްޔިދާއެކު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.
ފިނޮޅު މޯލްޑިވްސް ރިޒޯޓުގައި މިވަޤުތު ޗުއްޓީ ހޭދަކުރަމުންދާ ސަނާ، މުފްތީ އާ ކައިވެނި ކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. 32 އަހަރުގެ ސަނާ ވަނީ މުފްތީ އާ ކައިވެނި ކުރުމަށްފަހު ބޮލީވުޑް ދޫކޮށް ވަރަށް ބޮޑަށް ދީނީ ކަންކަމަށް އިސްކަން ދޭން ފަށައިފައެވެ.
ސަނާ އޭނާގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި މިދަތުރު މަތީގައި ހިނގާދިޔަ ބައެއް ކަންތައްތައް ޙިއްސާ ކޮށްފައިވެއެވެ.
View this post on Instagram
ސަނާ ފެނިގެން ގޮސްފައިވާ ބައެއް ފިލްމު ތަކުގެ ތެރޭގައި 2017 ވަނަ އަހަރު ރިލީޒްކުރި އަކްޝޭ ކުމާރުގެ ފިލްމު ‘ޓޮއިލެޓް: އޭކް ޕްރޭމް ކަތާ’ އާއި 2014 ވަނަ އަހަރު ރިލީޒްކުރި ސަލްމާން ޚާން ގެ ފިލްމު ‘ޖޭ ހޯ’ އަދި 2008 ވަނަ އަހަރު ރިލީޒްކުރި ‘ހައްލާ ބޯލް’ ގެ އިތުރުން 2016 ވަނަ އަހަރު ރިލީޒްކުރި ‘ވަޖާ ތުމްހޯ’ ހިމެނެއެވެ.
