ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މެސީ ޕީ.އެސް.ޖީ އަށް

ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި ބާސެލޯނާގެ ކުރީގެ ކެޕްޓަން، އާޖެންޓީނާގެ ލިއޮނަލް މެސީ ފްރާންސްގެ ޕީ.އެސް.ޖީ އަށް ސޮއިކުރަން އެއްބަސް ވެއްޖެއެވެ.

މެސީ ޕީ.އެސް.ޖީ އަށް ސޮއި ކުރަން އެއްބަސް ވެފައިވަނީ 02 އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ކަމަށް ބޭރުގެ ރިޕޯޓުތަކުން މަޢުލޫމާތު ލިބެއެވެ. މެސީ އެއްބަސް ވެފައިވަނީ ދުނިޔޭގެ ތާރީޚުގައި ވެސް އެތުލީޓަކަށް ދޭ އެންމެ ބޮޑު މުސާރައަށެވެ. އެގޮތުން އަހަރަކު41 މިލިއަން ޑޮލަރު ޕީ.އެސް.ޖީ އިން މެސީއަށް ދޭނެއެވެ.

މެސީ އާއި އެކު ބާސާއިން ހަދާފައިވާ އެގްރީމެންޓްގެ މުއްދަތު ހަމަވީ މިދިޔަ ޖޫން މަހުގެ ނިޔަލަށެވެ. އޭގެ ފަހުން އާ ކޮންޓްރެކްޓެއް މެސީ އާއި ބާސާ އެކުލަވާލި ނަމަވެސް ލަލީގާގެ އުސޫލު ތަކާއި ޚިލާފުވާތީ އެ އެއްބަސްވުން ތަންފީޒު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

މެސީ ޕީ.އެސް.ޖީ އަށް ބަދަލުވެއްޖެނަމަ އޭނާ ކުޅޭނީ ގާތް އެކުވެރިޔާ ނޭމާގެ އިތުރުން އާޖެންޓީނާގެ ޑި މާރިއާ އާ ވެސް އެކުގައެވެ.

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ 21 އަހަރަށް ފަހު އެ ކްލަބު ދޫކޮށްލާފައިވާއިރު، އޭނާ ވަނީ ބާސެލޯނާއަށް ކުޅެދިން 778 މެޗުގައި 672 ގޯލް ޖަހައިދީފައެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމް 6 ފަހަރު ހޯދާފައިވާ މެސީ ވަނީ ބާސެލޯނާއާއެކު ކްލަބު ލެވެލްގައި ހޯދެން ހުރި ހުރިހާ ކާމިޔާބީއެއް ހޯދައިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top