ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުނިއަވަސް އިން ކްލަބްހައުސްގައި “ފިޓްނަސް ޝޯވ” އެއް ފަށައިފި

މުނިއަވަސް އިން ކްލަބްހައުސް މެދުވެރިކޮށް ވަރަށް ޚާއްޞަ “ފިޓްނަސް ޝޯވ” އެއް ފަށައިފި އެވެ. “ހިނދޭނެ! – ވިތު ޔޯރ ފިޓްނަސް ގުރޫ އަޗޫ“ގެ ނަމުގައި މުނިއަވަސްގެ ނިއުސް ޑެސްކް އޮޅި މެދުވެރިކޮށް މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ފެށި މި ޝޯވއަކީ ފިޓްނަސް އަދި ނިއުޓްރިޝަންގެ މަޢުލޫމާތުތައް ހިއްސާކުރުމަށާ ކަސްރަތުކުރުމަށް އާއްމުން އަހުލުވެރި ކުރުވުމަށް އެހީއެއްގެ ގޮތުގައި ފެށި ޕްރޮގްރާމެކެވެ.

ހިނދޭނެ! – ވިތު ޔޯރ ފިޓްނަސް ގުރޫ އަޗޫ” ގެ ފުރަތަމަ އެޕިސޯޑްގައި އެހުންތެރިންގެ ސުވާލުތަކަށް އަޗޫ ޖަވާބު ދިނުން ކުރިއަށްގެންދިޔަ އެވެ. އެގޮތުން ރޭގެ އެޕިސޯޑް ޚާޢްޞަކޮށްލީ ފިޓްނަސް އާއި ކެއުމާއި ގުޅުންހުރި ކަންކަމަށް އާއްމުންގެ ހިތްތަކުގައި އުފެދިފައިވާ ބައެއް ސުވާލުތަކަށް ޖަވާބު ދިނުމަށެވެ.

މި ޕްރޮގްރާމުގެ ކުރިއަށްހުރި އެޕިސޯޑްތައް ޚާއްޞަކޮށްލުމަށް ހަމަޖެހިފައިވަނީ ވަކިވަކި މަޢުޟޫތަކަކަށެވެ. އެގޮތުން ވަކި ޚާއްޞަ މައުޟޫއަކަށް މަޢުލޫމާތު ދިނުމަށްފަހު، އެ މައުޟޫއާ ގުޅޭ ސުވާލުތައް ކުރުމަށާއި މި ޕްރޮގްރާމުގެ ދާއިރާގެ ތެރެއިން ސުވާލުތައް ކުރުމަށް އެހުންތެރިންނަށް ފުރުޞަތު ހުޅުވާލާނެއެވެ.

ހިނދޭނެ! – ވިތު ޔޯރ ފިޓްނަސް ގުރޫ އަޗޫ” ޕްރޮގްރާމުގައި މަޢުލޫމާތު ދެނީ މިކަމުގެ ތަޖުރިބާކާރު، ސެޓްފިކެޓް ލިބިފައިވާ މާސްޓަރ ޓްރެއިނަރ އެއް ކަމަށްވާ މުޙައްމަދު ޝަހުދާން ޢަބްދުﷲ (އަޗޫ) އެވެ. ހަށިހެޔޮކޮށް ނުވަތަ ފިޓްކޮށް ތިބުމަށްޓަކައި ބޭނުންވާނެ މަޢުލޫމާތުތައް ދިވެހިބަހުން މީސްމީޑީއާގައި ހިއްސާކުރަމުން އަންނަ އަޗޫ އަކީ ‘ބްލޭޒް ފިޓްނަސް‘ގެ ޓްރެއިނަރ އެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top