“މި ކުޅިގަނޑާ ކުރިމަތިލާން ތައްޔާރުވޭ” ބުނެ ބޮލީވުޑްގެ މެގަ ސްޓާރ އަމީތާބުގެ ކުރިއަށް އޮތް ފިލްމު “ޗެހެރޭ” ރިލީޒް ކުރާނެ ތާރީޚު އިޢުލާނު ކޮށްފިއެވެ.
މިމަހު 27 ވާ ހުކުރު ދުވަހު ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވާ ވާހަކަ އަމީތާބު ސޯޝަލް މީޑިއާގައި ޙިއްސާކުރީ ފިލްމުގެ ޑައިލޮގު ޕްރޮމޯ އަކާ ވެސް އެކުގައެވެ.
T 3995 – ⚠️CAUTION⚠️ You have been warned!
Be ready to #FaceTheGame, kyunki yeh ilzaam aap par bhi lag sakta hai#Chehre, releasing on 27th August in cinemas near you.@emraanhashmi @anandpandit63 #RumyJafry @annukapoor_ @Tweet2Rhea @krystledsouza @PrimeVideoIN #SaraswatiFilms pic.twitter.com/f4fEsOnLY3— Amitabh Bachchan (@SrBachchan) August 12, 2021
މި ފިލްމަކީ ވެސް އެންމެ ފުރަތަމަ 2020 ވަނަ އަހަރު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައި އޮތް ފިލްމެކެވެ. ނަމަވެސް ކޮވިޑް-19 ގެ ޕެންޑަމިކް ދިމާވުމުގެ ސަބަބުން ފިލްމު ރިލީޒްކުރުން ލަސްވެގެން ދިޔައީއެވެ.
އަމީތާބާއި އިމްރާން ހާޝްމީ ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގައި ރަގޫބީރް ޔާދަވްގެ އިތުރުން ރިއާ ޗަކްރަބޯތީ ވެސް ފެނިގެންދާނެއެވެ. މި ފިލްމަކީ ރޫމީ ޖެފްރީ ޑައިރެކްޓްކޮށް ގެނެސްދޭ ތުރިލަރ ފިލްމެކެވެ.
އަމީތާބުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “މޭޑޭ” އާއި “އާނކެއިން-2” ގެ އިތުރުން “ދަ އިންޓާން” ހިމެނެއެވެ.
