ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރިއްފަތުގެ “ވޭނުގާ” – އޯގަސްޓް 20 ގައި ރިލީޒްކުރަނީ

ހިންދީ ރާގުތަކާއި އަމިއްލަ ރާގުތަކަށްވެސް ހިތްގައިމު ލަވަތަކެއް ހުށައަޅައިދެމުން އަންނަ ހުނަރުވެރި ލަވަކިޔުންތެރިޔާ މުޙައްމަދު ރިއްފަތުގެ އައު ލަވައެއްގެ ވީޑިއޯ، މިމަހު 20ވާ ހުކުރު ދުވަހުގެ ރޭ ނެރުމަށް ތައްޔާރުވެއްޖެއެވެ. މިފަހަރު ރިއްފަތު ނެރެނީ “ވޭނުގާ”، މި ނަމުގައި ހިންދީ ރާގަކަށް ކިޔާފައިވާ ލަވައެކެވެ.

ރިއްފަތުގެ ކޮންމެ އުފެއްދުމެއްގެ ޚަބަރު މުނިއަވަސް އާ އެންމެ ފުރަތަމަ ހިއްސާކުރަމުން އަންނަ ބީދައިން، މިފަހަރުވެސް ވަނީ އެ ލަވައިގެ މަޢުލޫމާތާއި ވީޑިއޯ އުފެއްދުމުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކާއި ލަވައިގެ ޕޯސްޓަރު ފޮޓޯވެސް ހިއްސާކޮށްފައެވެ.

ވީޑިއޯ ލަވަ “ވޭނުގާ” އުފެއްދުމުގެ ތެރެއިން

ރިއްފަތުގެ ހިތްގައިމު އަޑުން ކިޔާފައިވާ “ވޭނުގާ” ލަވައިގެ މިއުޒިކް ހެދީ ކޮއްކޮ އެވެ. ލިރިކްސް ހެދީ ރިއްފަތުގެ ގިނަ ލަވަތަކުގެ ލިރިކްސް ހަދަމުން އަންނަ އަޙްމަދު އިސްމާޢީލް އެވެ. ރިއްފަތު އަމިއްލައަށް ޕްރޮޑިއުސްކޮށް ވީޑިއޯ އުފައްދާފައިވާ މިލަވައިގައި ހަރަކާތްތެރިވަނީ ހުނަރުވެރި އެކްޓަރު އަޙްމަދު ޢީސާ (އާނަންދު) އާއި ހިތްގައިމު އެކްޓްރެސް ތޫ އެވެ. މީގެ އިތުރުން، ކާސްޓުންގެ މޭކަޕްކުރީވެސް ތޫ އެވެ.

ވީޑިއޯ ލަވަ “ވޭނުގާ” އުފެއްދުމުގެ ތެރެއިން

ރިއްފަތުގެ އެހެނިހެން ވީޑިއޯ ލަވަތަކާއި ޚިލާފަށް “ވޭނުގާ” ލަވައިގެ ވީޑިއޯ ތަފާތުވެފައި ސަޅިވާނެ ކަމަށް މިފަހަރު ބެލެވޭ ވަރަށް މުހިންމު ކަމެއްވެސް އެބަ އޮތެވެ. ލަވައިގެ ވީޑިއޯކުޅުމުގައި އިރުޝާދުދީ، ކެމެރާކޮށް މަންޒަރުތައް ގުޅުވީ މިފަދަ ވީޑިއޯ ލަވަތައް ހެދުމަށް އެންމެ ފައްކާ ޢަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.

ވީޑިއޯ ލަވަ “ވޭނުގާ” އުފެއްދުމުގެ ތެރެއިން

“ވޭނުގާ” ލަވަ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ، ރާއްޖެ ޓީވީން ގެނެސްދޭ ‘ކުލަ ސްކްރީން’ ޕްރޮގްރާމުގައި ކަމަށް ރިއްފަތު ބުނެއެވެ. އޭގެ ކުރިން މީސްމީޑިއާގައި މި ލަވައިގެ ޕޯސްޓަރު ރިލީޒްކޮށް ލަވައިގެ ޓްރެއިލާ ރިލީޒްކުރާނެ ކަމަށްވެސް ރިއްފަތު ބުންޏެވެ. އެގޮތުން މިހާރު، މި ލަވައިގެ ޕޯސްޓަރު މީސްމީޑިއާއަށް ދޫކޮށްލާފައިވާކަން ފާހަގަކޮށްލެވެއެވެ.

ލަވައިގެ ޓްރެއިލާއެއް މުނިއަވަސްއާ ރިއްފަތު ހިއްސާކޮށްފައިވެއެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/MUNIAVAS/videos/291374869455398″ poster=”http://www.muniavas.com/wp-content/uploads/2021/08/Veynuga-Poster.jpg” autoplay=”1″]

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top