ސޮނީ ޓީވީއިން ކޮންމެ ހަފުތާ ބަންދެއްގައި ގެނެސްދޭ ކުޑަކުދިންގެ ޑާންސް ރިއަލިޓީ ޝޯވ ”ސުޕަ ޑާންސާ ޗެޕްޓަރ 4“ ގެ މި ހަފުތާ ބަންދުގެ އެޕިސޯޑުތައް ވަރަށް ޚާއްސަވާނެއެވެ.
މި ހަފުތާގެ އެޕިސޯޑުތަކުގައި ޝޯވގެ ރަސްމީ ޖަޖުންގެ ޕެނަލްގައި ހިމެނޭ ބަތަލާ ޝިލްޕާ ޝެޓީ ދެތިން ހަފުތާގެ މެދުކެނޑުމަކަށްފަހު އަލުން ޝޯވގައި ބައިވެރިވާނެއެވެ. މި ހަފުތާގެ ބައިތަކުގެ ޚާއްސަ އަނެއް ކަމަކީ ބައިވެރިވާ ޚާއްސަ މެހެމާނުންނެވެ. މި ހަފުތާގައި ޚާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވަނީ މިދިޔަ ހަފުތާގައި ނިންމާލި ”އިންޑިއަން އައިޑޯލް 12“ ގެ 6 ފައިނަލިސްޓުންނެވެ.
މިއީ މިދިޔަ ޖުލައި މަހު 19 ގައި ޝިލްޕާގެ ފިރިމީހާ ރާޖް ކުންދުރާ ހައްޔަރުކުރި ފަހުން ޝިލްޕާ ޝޯވގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. މިހަފުތާގެ އެޕިސޯޑުތަކުގައި ޝިލްޕާ ބައިވެރިވެފައި މިވަނީ އޭނާގެ ފިރިމީހާގެ ސަބަބުން ޖެހުނު ލައްގަނޑާއި ހެދި ދެން ޝޯވގައި ބައިވެރިނުވާނެކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ.
ޝޯވގެ މިހަފުތާގެ ޕްރޮމޯ ދައްކާލާފައިވާއިރު ޝޯވގެ ޓީމުން ޝިލްޕާއަށް ކީ މަރުޙަބާގެ ސަބަބުން އޭނާ ވަރަށް އިމޯޝަނަލް ވެގެން އުޅޭ މަންޒަރު ފެނިގެންދެއެވެ. ޝިލްޕާގެ އިތުރުން ޝޯވގެ ޖަޖުންގެ ޕެނަލްގައި ހިމެނެނީ ކޮރިއޯގްރާފަރު ގީތާ ކަޕޫރާއި ޑައިރެކްޓަރ އަނޫރާގް ބާސޫއެވެ. ޝޯވ ހުށަހަޅައިދެނީ ރިތުވިކް ދަންޖާނީއާއި ޕަރީތޯޝް ތުރިޕާތީއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




