ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގަނާޕަތު: ފިލްމު ސެޓް ކޮށްފައިވަނީ 2090 އަށް؟

ޓައިގަރ ޝްރޮފް އާއި ކްރިތީ ސެނަން ލީޑް ރޯލުން ފެނިގެންދާ ފިލްމު “ގަނާޕަތު”ގެ ވާހަކަ ސެޓް ކޮށްފައިވަނީ 2090 އަށް ކަމަށް ޓީމުން ބުނެފިއެވެ.

2090ގައި ދުނިޔޭގައި ހިނގަމުން ދާނެ ކަމަށް ލަފާކުރެވޭ ހަނގުރާމަވެރި ދުވަސްތަކެއް ދައްކުވައިދޭނެ މި ފިލްމުގެ ފުރަތަމަ ބައި އަންނަ އަހަރުގެ ޑިސެމްބަރު 23ގައި ރިލީޒްކުރާނެ ކަމަށް ވަނީ އަންގައިފައެވެ.

2014ގައި ބޮލީވުޑަށް ތަޢާރުފުވި ކްރިތީ ސެނަން އާއެކު ޓައިގަރ ޝްރޮފް ފެނިގެންދާ މި ފިލްމުގެ ޝޫޓިންގ ސެޕްޓެމްބަރު މަހު ފަށަން ވަނީ ކުރިން ހަމަޖެހިފައެވެ. ނަމަވެސް ޓައިގަރ އޭނާގެ ދެން އޮތް ފިލްމު “ހީރޯޕަންތީ 2″ގެ މަސައްކަތުގައި ބުރަ ވާނެ ކަމަށް ބުނާތީ ގަނާޕަތުގެ ޝޫޓިންގ ވަނީ އޮކްޓޫބަރު މަހަށް ލަސްކޮށްފައެވެ.

މި ފިލްމަކީ ވިކާސް ބާލް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top