ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސިދާތު ޝުކްލާ މަރުވެއްޖެ! ގިނަ ބަޔަކަށް ޝޮކެއް

ހާޓް އެޓޭކެއް ޖެހިގެން އެކްޓަރު ސިދާތު ޝުކްލާ މިއަދު ހެނދުނުގެ ވަޤުތެއްގައި މަރުވެއްޖެ. އޭނާގެ ކުއްލި މަރާއެކު ބޮލީވުޑްގެ އެތައް ތަރިންތަކެއް ދަނީ އެކަމާ ހިތާމަކުރަމުންނެވެ.

“ބިގް ބޮސް 13” ކާމިޔާބުކުރި ސިދާތު ޝުކްލާ ހާޓް އެޓޭކެއް ޖެހިގެން މިއަދު މަރުވީ މުމްބާއީގެ ކޫޕާ ހޮސްޕިޓަލްގައެވެ.

އުމުރުން 40 އަހަރުގައި މަރުވި ސިދާތު ވަނީ އެތައް ޓީވީ ޝޯވ ތަކާއި ރިއާލިޓީ ޝޯވތަކުގައި ބައިވެރިވެފައެވެ. އެގޮތުން އޭނާގެ އެންމެ މަޝްހޫރު ޝޯވތަކުގެ ތެރޭގައި “ބަލިކާ ވަދޫ” އާއި “ޖަލަކް ދިކްލާ ޖާ” ހިމެނެއެވެ.

މި ޚަބަރު ލިބުމުން އަކްޝޭ ކުމާރު ބުނީ ސިދާތު މަރުވި ޚަބަރު އެހީ ވަރަށް ވެސް ހިތާމައާއެކު ކަމަށާއި ޒުވާން އުމުރުގައި އެފަދަ ހުނަރުވެރި ފަންނާނެއް ވަކިވެގެން ދިއުމަކީ ވަރަށް ވެސް ދެރަވާ ކަމެއް ކަމަށެވެ.

މަނޯޖް ބަޖްޕާއީ ވެސް މިކަމާ ވަނީ ހިތާމަ ފާޅުކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top