މަނީ ހައިސްޓް ސީޒަން 05ގެ ފުރަތަމަ ވޮލިއުމްގައި އެންމެ ގިނަ ބަޔަކު އަޅައިގަންނާނެ އެއް ކަމަކީ ޕްރޮފެސަރާއި އަލީސިއާ ސިއަރާއާ ދެމެދު ހިނގާ ކަންތައްތަކަށެވެ.
ސީޒަން 04ގައި އަލީސިއާ ވަނީ ފުލުހުންގެ އޮތޯރިޓީއިން ބޭރުކޮށްލައިފައެވެ. އަދި ސީޒަން 05ގައި ފުލުހުން ވަނީ އަލީސީއާ ވެސް ޕްރޮފެސަރުގެ ޓީމާ ގުޅިއްޖެ ކަމަށް ތުހުމަތުކޮށް އެ ވާހަކަ ޢާންމުކޮށްފައެވެ.
ކޮންމެއަކަސް، އެނގޭހާ ވެސް އެއްޗަކީ އަލީސީއާ އަދި ޕްރޮފެސަރުގެ ޕްލޭންގައި ބައިވެރި ނުވާކަމެވެ. އޭނާ ޕްރޮފެސަރުގެ ގާތަށް ދިޔައީ އެމީހުން ކުރިއަށް ގެންދާ ހައިސްޓް ހުއްޓުމަކަށް ގެންނާށެވެ.
ކަން ދިމާކުރި ގޮތުން ޕްރޮފެސަރާއި ބެންޖަމިން އަދި މާސިލޭ ވެސް ގޮނޑީގައި ހައްޔަރުކޮށްފައި އެމީހުނާ ސުވާލުކުރަމުން ދަނިކޮށް އަލީސިއާ ބަނޑުގައި ރިއްސާ، އެންމެފަހުން އެތަނުގައި އޭނާ ވިހެއީއެވެ. އެކަމުގައި އެހީ ވެދިނުމަށް އަލީސިއާ ވަނީ ހައްޔަރުކޮށްފައި އިން 03 މީހުން ދޫކޮށްލައިފައެވެ.
ވިހެއުމުގެ ކަންތައް ދިޔައީ ވަރަށްވެސް ފުރިހަމަކޮށެވެ. އަލީސިއާ ވިހެއީ އަންހެން ކުއްޖެކެވެ. ދެން ޕްރޮފެސަރު ތެދުވެ އޭނާގެ ޓީމާ އެހީވަމުން ދިޔައިރު އަލީސީއާ އެކަމަކާ އެހާ ސަމާލުކަމެއް ނުދެއެވެ. އޭނާ އިނީ ކުޑަކުޑަ އޭނާގެ ދަރިފުޅު ‘ވިކްޓޯރިއާ’ އަށް ސަމާލުކަން ދީގެންނެވެ.
ނަމަވެސް އަހަރެމެން އެންމެން ސަމާލުކަން ހުއްޓުނު ތަންކޮޅެއް ފެނިގެންދިޔައެވެ. އެއީ އަލީސީއާ ފާޚާނާއަށް ވަދެ ތޫނު އެއްޗެއް ނަގާ އޭނާގެ އަތުގައި ފޮރުވާ މަންޒަރެވެ. އަދި ނުކުމެ އޭނާ ލޮލުގައި އައިނު އެޅިއެވެ. ޞިފަވީ ކަމަކާ ތައްޔާރުވީ ހެއްނެވެ. އޭނާ އަލުން ޕްރޮފެސަރު ހައްޔަރު ކުރަން ތައްޔާރުވީ ނޫންބާއެވެ.
އަލީސިއާ ޕްރޮފެސަރުގެ ޓީމާ ގުޅޭނެ ހެނެއް އަހަރެންނަކަށް ހިއެއްނުވެއެވެ. – ލިސްބޮން ވެސް ގުޅުނީ ހަމަކިރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެއީ ވެސް އޭނާއާ ޕްރޮފެސަރާ ދެމެދު ކޮންމެވެސް ވަރަކަށް އޭރު ލޯބީގެ ގުޅުން ވެސް އޮތީމައެވެ. އެކަމަކު އަލީސީއާ އާއި ޕްރޮފެސަރާ ދެމެދު އެއްވެސް ގުޅުމެއް ނޯވެއެވެ. އެންމެ ބޮޑު ޓާނިންގ ޕޮއިންޓަކީ ސީޒަން 05ގެ 05 ވަނަ އެޕިސޯޑް ނިމޭތަނުން ޕްރޮފެސަރު ހުންނަނީ ޓޯކިއޯ މަރުވުމުގެ ސަބަބުން އެކަމާ ހިތް ނުތަނަވަސްވެ ގަބުވެފައެވެ. ލަފާކުރެވެނީ ދަނޑިވަޅު ބަލައިފައި އަލީސިއާގެ އެކްޝަން ފެންނާނެ ކަމަށެވެ.
