ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަންތިމްގެ ފުރަތަމަ ލަވަ މާދަމާ ރިލީޒްކުރަނީ!

ބޮލީވުޑް އެކްޓަރު ސަލްމާން ޚާން ދެން އެންމެ އަވަހަށް ފެނިގެންދާނޭ ފިލްމު “އަންތިމް: ދަ ފައިނަލް ޓްރުތު”ގެ ފުރަތަމަ ލަވަ، ސެޕްޓެމްބަރު 09 ވާ ބުރާސްފަތި ދުވަހު ރިލީޒްކުރާނެ ކަމަށް ސަލްމާން ބުނެފިއެވެ.

‘ވިގްނަހަރްތާ’ ނަމަކަށް ކިޔާ މި ލަވައިގެ ޓީޒާގައި ސަލްމާން ފެންނަނީ ޕޮލިސް ޔުނީފޯމުގައި އައިސް ވަންނަތަނެވެ. އާޔޫޝް އޭނާގެ ގޭންގްސްޓަރ ކޮސްޓިއުމްގައި ހުންނަ މަންޒަރުވެސް ފެނެއެވެ، ބެލެވޭ ގޮތުގައި ލަވައިގެ ނިމޭތަނުން ތަޅާފޮޅުމަކަށް ދާނެއެވެ.

ހުކުރު ދުވަހުން ފެށިގެން އިންޑިއާގައި ފާހަގަކުރަން ހަމަޖެހިފައިވާ ‘ގަނޭޝް ޗަތުރުތީ’ އާ ދިމާކޮށް އެކަމާ ގުޅުވައިގެން ހަދައިފައިވާ މި ލަވަ މާދަމާ ރިލީޒް ކުރާއިރު އިއްޔެ ވަނީ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް ބެލުންތެރިންނަށް ދައްކާލައިފައެވެ.

މިވަޤުތު ސަލްމާން ތުރުކީގައި “ޓައިގަރ 03″ގެ މަސައްކަތް ކުރަމުން ދާއިރު ކުރިއަށް އަދިވެސް އެތައް ފިލްމު ތަކެއްގެ މަސައްކަތް އެބައޮތެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top