ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަކްޝޭގެ ބެލްބޮޓަމް އެމެޒޯން އަށް؟

ނިމިދިޔަ އޯގަސްޓް މަހުގެ 19ގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ ފިލްމު “ބެލްބޮޓަމް”، އެމެޒޯން ޕްރައިމް ވީޑިއޯ މެދުވެރިކޮށް ރިލީޒްކުރަން ހަމަޖެހިއްޖެއެވެ.

އަކްޝޭ އިއްޔެ ކުރި ޓްވީޓެއްގައި ވަނީ “ބެލްބޮޓަމް” މި ހިންގާ ސެޕްޓެމްބަރު މަހުގެ 16ވަނަ ދުވަހުން ފެށިގެން އެމެޒޯން ޕްރައިމް ވީޑިއޯ ޕްލެޓްފޯމް މެދުވެރިކޮށް ބެލޭނެ ކަމެވެ.

ރަންޖީތު ތިވާރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު އިންޑިއާގެ ތިއޭޓަރ ތަކުގައި ރިލީޒް ކުރުމަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ. ސަބަބަކީ ކޮވިޑް-19ގެ ސަބަބުން ބައެއް ތިއޭޓަރ ތަކުގައި ނޭޅުވުމެވެ.

ޕޫޖާ އެންޓަރޓެއިންމެންޓް އަދި އެންމޭ އެންޓަރޓެއިންމެންޓްގެ ޕްރޮޑަކްޝަންގެ ދަށުން ގެނެސްދޭ މި ފިލްމުގައި އަކްޝޭގެ އިތުރުން ވާނީ ކަޕޫރާއި ލާރާ ދައްތާ އާއި، ހުމާ ޤުރޭޝީ ފެނިގެން ދާނެއެވެ.

އަކްޝޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ’އަތުރަންގީ ރޭ‘ އާއި ’ޕްރިތުވިރާޖް‘ އަދި ’ބައްޗަން ޕާންޑޭ‘ ގެ އިތުރުން ’ބަންދަން‘ ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top