ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގޮއިދޫ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފެނަކައަށް

ފެނަކައިން ބ. ގޮއިދޫ އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓް 2021 ގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން / ފޮޓޯ: ޒެޑް ކްލިކްސް

ގޮއިދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ސްކޫލާއި ބައްދަލުކޮށް ފެނަކައިން މުބާރާތް ކާމިޔާބުކުރީ 5-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދި ފެނަކަ ޓީމުގެ ޝައްމޫން ޖަމީލެވެ.

މުބާރާތުގެ ގަދަ ފަސް ކުޅުންތެރިން / ފޮޓޯ: ޒެޑް ކްލިކްސް

މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ޓްރޮފީއާއި ހަނދާނީ ލިޔުން ދީފައިވާއިރު މެޗުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ފެނަކަ ޓީމުގެ ޝައްމޫން ޖަމީލާއި ޙަސަން ނިޒާމް، ސްކޫލް ޓީމްގެ ޔޫސުފް މުޙައްމަދާއި ޙުސައިން ޝާމްއާއި ޢަލީ ޖަޒްލާންއެވެ. 12 ގޯލާއިއެކު މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމު ޖަޒްލާން ހޯދިއިރު ފެއަރޕްލޭ ޓީމަކަށްވެސް ހޮވިފައިވަނީ ސްކޫލް ޓީމެވެ.

މި އަހަރު ޖުމްލަ 4 ޓީމު ބައިވެރިވި މި މުބާރާތުގެ މަޤުސަދަކީ ބ. ގޮއިދޫ ހުރިހާ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި މުވައްޒަފުންގެ ދުޅަހެޔޮކަން އިތުރުކޮށް ރަށުގެ ރައްޔިތުންނަށް ނަމޫނާ ދެއްކުން ކަމުގައި މުބާރާތް އިންތިޒާމުކުރި ފަރާތުން މަޢުލޫމާތު ދެއްވިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top