ބޮލީވުޑް ފިލްމު އިންޑަސްޓްރީއަށް ފިލްމުތަކުގެ ރިލީޒް ތާރީޚުތައް އިޢުލާން ކުރުމުގެ ވާރޭ ވެހެނީއެވެ. ކޮވިޑް-19ގެ ޕެންޑަމިކަށްފަހު މިފެށޭ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު އިންޑިއާގެ މަހަރަޝްތުރާގެ ސިނަމާތައް ހުޅުވާނެކަމަށް ރަސްމީކޮށް ވަނީ އިޢުލާނުކޮށްފައެވެ. އެހެންކަމުން ބޮލީވުޑްގެ އެތައް އެތައް ފިލްމުތަކެއް ވަނީ އެކި ތާރީޚަށް ސިނަމާތައް ބުކް ކޮށްފައެވެ.
އެގޮތުން މިހާރު މިވަނީ ފިލްމު “ސަތިޔަމޭވާ ޖަޔާތޭ 2” ވެސް ސިނަމާތަކަށް ގެންނާނެ ތާރީޚު ރަސްމީކޮށް އިޢުލާންކޮށްފައެވެ. މިލަޕް ޒަވޭރީ ޑައިރެކްޓްކުރާ މި ފިލްމުގައި ލީޑް ރޯލުން ފެނިގެންދާނީ ޖޯން އަބްރަހަމް އާއި ދިވްޔާ ޚޯސްލާ ކުމާރެވެ.
އެންމޭ އެންޓަރޓެއިންމެންޓްގެ ޕްރޮޑަކްޝަންގެ ދަށުން ގެނެސްދޭ މި ފިލްމު 2021 ނޮވެމްބަރު 26 ވާ ހުކުރު ދުވަހު ރިލީޒްކުރާނެކަމަށް ބުނެ އެންމޭ އެންޓަރޓެއިންމެނޓުން ވަނީ ޓްވީޓްކޮށްފައެވެ.
“Do Takke Ki Jaan lene 56 inch ka JIGARAA nahi, 56 inch ka HATHODA chaahiye!” #SatyamevaJayate2 releasing on 26th November 2021
⁰@TheJohnAbraham #DivyaKhoslaKumar @MassZaveri @monishaadvani @madhubhojwani @nikkhiladvani #BhushanKumar #KrishanKumar @TSeries @AAFilmsIndia pic.twitter.com/ZLCT8Crfy1— Emmay Entertainment (@EmmayEntertain) September 26, 2021
“ސަތިޔަމޭވާ ޖަޔާތޭ 2” އަކީ އެންމެ ފުރަތަމަ، މިއަހަރުގެ މެއި 13ގައި ސަލްމާންގެ ފިލްމު “ރާދޭ” އާއެކު ރިލީޒްކުރަން ނިންމައިގެން ހުރި ފިލްމެކެވެ. ނަމަވެސް ޕެންޑަމިކްގެ ސަބަބުން އެ ތާރީޚް ފަސްކުރަން ބޭނުންވީ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.
މިފިލްމުގައި ޖޯން އަބްރަހަމް އާއި ދިވްޔާ ޚޯސްލާގެ އިތުރުން މަނޯޖް ބަޖްޕާއީ އާއި ގޯތަމީ ކަޕޫރު ވެސް ފެނިގެންދާނެއެވެ.
