ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިއަހަރު އުފަންދުވަސް ފާހަގަކުރުމެއް ނެތް: ލަތާ މަންގޭޝްކަރު

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރަށް 28 ސެޕްޓެމްބަރުގައި 92 އަހަރު ފުރުނީއެވެ. އެކަމަކު އެހެން ފަހަރުތަކާ ޚިލާފަށް، މިފަހަރު އޭނާގެ އުފަންދުވަސް ފާހަގަކުރުމުގެ އެއްވެސް ޝައުޤުވެރިކަމެއް ނެތެވެ.

“ކޯއްޗެއް ފާހަގަކުރަން އޮތީ؟” ލަތާ ބުނެފައިވެއެވެ. “ކޮވިޑް-19ގެ ޕެންޑަމިކް ދިމާވިފަހުން މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެގެން މިދަނީ! ކޮރޯނާ ވައިރަސް އައި ފަހުން މިއީ އަހަރެންގެ ދެވަނަ އުފަންދުވަސް. ނަމަވެސް އުފަލަކީ އަހަރެންގެ ޢާއިލާގެ ގިނަ ކުދިން، އަހަރެންގެ ގާތުގައި ތިބިކަން! އެކަމަކު، ކިތައް ކިތައް ޢާއިލާތޯ ދަރިންނާއި މައިންބަފައިންނާއި ދުރުގައި ތިބެން ޖެހިފައިވަނީ؟ ކޮވިޑް-19ގެ ޕެންޑަމިކް އަހަރެމެންނާ ލައްވާލިފަހުން ދަރިން ގާތަށް ނުދެވިފައި ނޫނީ މައިންބަފައިން ގާތަށް ނުދެވިފައި ތިބީ ކިތައް މީހުންތޯ؟ މިފަދަ ޙާލަތެއްގައި ކޭކު އަޅައިގެން އުއްބައްތި ރޯކޮށްގެން އުފަންދުވަސް ފާހަގަކުރަން ބޭނުންވާނެތޯ؟”

Nightingale of Bollywood Turns 89: 11 Little Known Stories About Lata  Mangeshkar!

މިފަހަރު އޭނާގެ އުފަންދުވަހުގެ ހިތުގެ އެދުމަކީ ވީހާވެސް އަވަހަކަށް އަހަރެމެން ކޮވިޑް-19 އިން ސަލާމަތް ވެގެން ދިއުމެވެ. އޭގެ ސަބަބުން ގިނަ ބަޔަކު މިހާރު މަރުވަމުން ނުދިޔަ ކަމުގައިވިޔަސް، އެތައް ބަޔަކު ވަނީ ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތައް ޖެހިފައިކަމަށްވެސް ލަތާ ބުނެފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top