ކަރަން ޖޯހަރްގެ ޕްރޮޑަކްޝަންގެ ދަށުން ރާޖް މެހްތާ ޑައިރެކްޓްކޮށް އަކްޝޭ ކުމާރާއެކު ކުރިއަށް އޮތް ރިމޭކް ފިލްމުގައި އަކްޝޭއާއެކު ފެނިގެންދާނީ އިމްރާން ހާޝްމީ ކަމަށް ބޮލީވުޑް ހަންގާމާއިން ބުނެފިއެވެ.
މިފިލްމަކީ 2019 ވަނަ އަހަރު ޕްރިތުވިރާޖް ޑައިރެކްޓްކޮށް ގެނެސްދިން އޮރިޖިނަލް މަލަޔާލަމް ފިލްމު “ޑްރައިވިންގ ލައިސަންސް”ގެ އޮފިޝަލް ރިމޭކެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މިފިލްމުގެ ޝޫޓިންގ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށިގެން ދާނެއެވެ. އަދި އަމާޒަކީ 40 ވަރަކަށް ދުވަސް ތެރޭގައި ޝޫޓިންގ އެއްކޮށް ނިންމާލުން ކަމަށް ވެސް ރިޕޯޓުތަކުން މަޢުލޫމާތު ލިބެއެވެ.
އަދި މުޅި ފިލްމުގެ ހުރިހާ މަންޒަރެއް ވެސް ނަގަން ހަމަޖެހިފައިވަނީ ޔޫކޭގައި ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ޚިޔާލު
