22 އޮކްޓޯބަރ 2021 ވަނަ ދުވަހަކީ ޤައުމީ ޒުވާނުންގެ ދުވަސް ކަމުގައިވާތީ، މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަހާއި ގުޅިގެން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ތަފާތު ޙަރަކާތްތަކެއް ހިންގުމަށް ޔޫތު މިނިސްޓްރީން ހަމަޖައްސައިފިއެވެ.
މާލޭގައި ހިންގުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރެއިން ސަލްޓަންޕާކާއި އުސްފަސްގަނޑު ސަރަޙައްދުގައި ފަންނީ އަދި މިއުޒިކީ ހަރަކާތްތަކެއް ބާއްވަން ނިންމައި އެ ފުރުސަތުވަނީ އާއްމުކޮށް ހުޅުވާލާފައެވެ. މި ހަރަކާތްތަކުގައި ބައިވެރިވުމަށް ރެޖިސްޓަރ ވުމުގެ ސުން ގަޑިއަކީ މިމަހުގެ 10 ވަނަ ދުވަހުގެ 13.00 އެވެ.
ރެޖިސްޓްރީވުމަށް ހުށައަޅަން ޖެހޭ އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނީ ގޫގުލް ލިންކް މެދުވެރިކޮށެވެ.
މި ހަރަކާތްތަކަށް ރެޖިސްޓަރ ވުމުގެ ފުރުޞަތުވެސް ޢާންމުކޮށް ވަނީ ހުޅުވާލެވިފައެވެ
ކިޔުންތެރިންގެ ޚިޔާލު
