ސަލްމާން ޚާނާއި ޅިޔަނު އާޔޫޝް ޝަރްމާ އެކުގައި ކުޅުނު ”އަންތިމް: ދަ ފައިނަލް ޓްރުތު“ ނޮވެމްބަރު 26 ގައި ރިލީޒްކުރަން ތާވަލުކޮށްފިއެވެ.
”ވާސްތަވް (1999)“ އާއި ”ކުރުކްޝެތުރާ (2000)“ ފަދަ ފިލްމުތައް ޑައިރެކްޓްކުރި މަހޭޝް މަންޖްރޭކަރް ޑައިރެކްޓްކޮށްފައިވާ މި އެކްޝަން ތުރިލާއަކީ ސަލްމާންގެ ފިލްމަކަށް މަހޭޝް ޑައިރެކްޓްކުރި ފުރަތަމަ ފިލްމެވެ. ސަލްމާންގެ 2009ގެ ފިލްމު ”ވޯންޓެޑް“ގެ ރޯލެއްވެސް ކުޅުނު މަހޭޝްގެ މި ފިލްމުގައި ސަލްމާންއާއި އާޔޫޝްގެ އިތުރުން މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ޕްރަގްޔާ ޖެއިސްވާލްއާއި މަހީމާ މަކްވާނާއެވެ. އޭގެ އިތުރުން ޖިޝޫ ސެންގުޕްތާ އާއި ނިކިތިން ދީރްވެސް މުހިންމު ރޯލުތަކަކުން ފެނިގެންދާނެއެވެ.
މިއީ 2018 ގެ ފިލްމު ”ލަވްޔަތުރީ“ އިން އާޔޫޝް ބޮލީވުޑަށް ތަޢާރަފުވި ފަހުން އޭނާ ފެނިގެންދާ ފުރަތަމަ ފިލްމެވެ. ސަލްމާން ޚާން ޕްރޮޑިއުސްކޮށް އާޔޫޝް ގޭންގްސްޓާރެއްގެ ރޯލު ކުޅުނު މި ފިލްމުގެ އިތުރުން އާޔޫޝްގެ ކުރިއަށް އޮތް ފިލްމަކީ ކެޓްރީނާ ކެއިފްގެ ކޮއްކޮ އިޒަބެލް ކެއިފްއާއެކު ކުޅޭ ”ކްވާތާ“ އެވެ. އެ ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިޢުލާނެއް ނުކުރެއެވެ.
”އަންތިމް“ ގެ އިތުރުން ސަލްމާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ”ޓައިގާ 3“ އާއި އޭނާ ޚާއްސަ ރޯލުތަކެއް ކުޅުނު ޝާހް ރުކް ޚާންގެ ”ޕަތާން“ އާއި އާމިރު ޚާންގެ ”ލާލް ސިންގ ޗައްދާ“ ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




