ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުއާޒަށް އެންސީއޭގެ އިސް މަގާމެއް

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ދަށުން ހިންގާ ނެޝަނަލް ސެންޓާ ފޯ ދަ އާޓްސް (އެންސީއޭ)ގެ އިސް މަގާމަކަށް ފިލްމީ ތަރި އަބްދުﷲ މުއާޒު އައްޔަންކޮށްފި އެވެ.

ކުރީ ސަރުކާރުގައި ވެސް އެންސީއޭގެ ކޯޑިނޭޓަރު ކުރެއްވި މުއާޒް މިފަހަރު އައްޔަނުކޮށްފައިވަނީ އެ ސެންޓަރުގެ ސީނިއާ އެގްޒެކިޓިވް ޑިރެކްޓަރެއްގެ މަގާމަށެވެ. މުއާޒް އެ މަގާމަށް އައްްޔަންކުރީ އިއްޔެގެ ވަގުތެއްގަ އެވެ.

އެންސީއޭގެ ސީނިއާ އެގްޒެކިޓިވް ޑިރެކަޓަރެއްގެ ގޮތުގައި މުއާޒްއަށް މަހެއްގެ މައްޗަށް ޖުމްލަ 25،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނެ އެވެ. އޭގެ ތެރޭގައި ބޭސިކް މުސާރައިގެ ގޮތުގައި 15،000 އަދި ލިވިން އެލަވެންސްގެ ގޮތުގައި 10،000 ލިބޭއިރު، ފޯނު އެލަވެންސްގެ ގޮތުގައި 500 ރުފިޔަ ލިބޭނެ އެވެ.

މުއާޒަކީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. އެކްޓަރެއްގެ ގޮތުގައި 2004 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވުމަށްފަހު މުއާޒް ވަނީ ފަހުން ފިލްމް ޕްރޮޑިއުސަރެއްގެ ގޮތުގައި އަދި ޑިރެކްޓަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެފަ އެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ދިން ހަވަނަ ގައުމީ ފިލްމް އެވޯޑްސްގައި އެންމެ މޮޅު ފިރިހެން ސަޕޯޓިން އެެކްޓަރުގެ އެވޯޑް ވެސް ކާމިޔާބު ކުރައްވާފަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top