އެޕަލް އައިފޯނަށް ދެން އަންނަ އަދާހަމައާއި (އަޕްޑޭޓާއި) އެކު އައިފޯނުުގެ ސްޕީޑަށް ދިމާވެފައިވާ ލަސްވުމުގެ މައްސަލަ ހަލުވިކުރެވޭނެ ކަމަށް އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކް ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާާ މެޓްރޯއިން ޓިމް ކުކް އާއި ހަވާލާދީ ބުނީ ކުރިއަށް އޮތް އައިއޯއެސް އަދާހަމައިގެ ސަބަބުން ފޯނަށް ކުރިމަތިވެފައިވާ ލަސްވުމުގެ މައްސަލަ ހައްލުކުރާނެ ފީޗާއެއް ހިމަނާފައިވާނެ ކަމަށެވެ. މީގެކުރިން އައިފޯނަށް ތައްޔާރުކޮށްފައިވާ އަދާހަމައިގެ ސަބަބުން އަވަހަށް ބެޓެރީގެ ޗާޖް ގޮސް ނުވެސް އެނގި ހުއްޓާ ކުއްލިއަކަށް ފޯނު ނިވުމުގެ މައްސަލައަކީ އައިފޯން ގެންގުޅޭ މީހުންނަށް ކުރިމަތިވެފައިވާ މައްސަލައެކެވެ.
އައިފޯން އެކްސް، އައިފޯން އަށެއް އަދި އަށެއް ޕްލަސް ނޫން އެޕަލް ބްރޭންޑުގެ އެހެން ފޯނުތައް އެކުންފުނިން ވަނީ ފޯނު ބޭނުންކުރާ މީހުންނަށް އަންގައިލުމެއް ނެތި ލަސްކޮށްފަ އެވެ. މިކަމާ ގުޅިގެން އައިފޯނު ބޭނުންކުރާ ފަރާތްތަކަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފަ އެވެ.

އެޕަލް ސީއީއޯ ޓިމް ކުކް – ފޮޓޯ: ގެޓީ އިމޭޖްސް
އައިފޯން ގެ ސްޕީޑް ލަސްކޮށްލީ އައިއޯއެސް 11 ގެ ސަބަބުން ބެޓެރީތަކަށް ދިމާވެދާނެ މައްސަލަތަކަށް ކަމަށާއި ފުލް ކެޕޭސިޓީގައި ފޯނު މަސައްކަތް ކުރާއިރު ބެޓެރީއަށް ބޮޑު ގެއްލުންތަކެއް ލިބިދާނެތީ ކަމަށް އެޕަލް ކުންފުނިން ވަނީ ބުނެފައެވެ.
އައިއޯއެސް 11 ގެ އަދާހަމައެއް އާއްމުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. މި އަދާހަމައިގެ ސަބަބުން އައިފޯން ސިކްސް، ސިކްސް ޕްލަސް، ސިކްސް އެސް، ސިކްސް އެސް ޕްލަސް އަދި އެސްއީ ގެންގުޅޭ މީހުންވަނީ ފަރަންސޭސިވިލާތާއި އެމެރިކާގެ އެޕަލް ކުންފުނިތަކަށް މައްސަލަތައް ހުށައަޅާފަ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- ޢަލީ އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖުލައި 2025ޚަބަރު”ކަނބުލޮ“ ފިލްމުގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފި
- 11 ޖުލައި 2025ޚަބަރުލޯބިން…؟ ހާދަ ވަރެއް؟
- 8 އޭޕްރިލް 2025ޚަބަރު”ސޮރީ“ ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު”ލޯބިން“ އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!




