ދިވެހި ފިލްމީދާއިރާގައި މުހިންމު ފިޔަވަޅުތަކެއް އެޅުއްވި މުޙައްމަދު މުޞްޠަފާ ޙުސައިން (ބޮޑުފެންވަޅުގޭ މުޞްޠަފާ)، މުުނިއަވަސް ކްލަބްހައުސް އިން ކޮންމެ އާދީއްތަ ދުވަހެއްގެ ރޭ 10:30ގައި ގެނެސްދޭ ވީވީއައިޕީ ޝޯވގައި މިރޭ ބައްދަލުކުރައްވާނެއެވެ.
ދިވެހި ފިލްމު “ތިން ފިޔަވަޅު”، “ނުފޮޅޭ މާ”، “ދަތުރު”، “ވިހަ”، “ނަތީޖާ”، “ކޮޕީ” އަދި “ގެއްލުނު ފުރާވަރު” ފަދަ ހިތްގައިމު ދިވެހި ފިލްމު ތަކެއް އުފެއްދެވުމުގެ ހުންގާނުގައި ހުންނެވި މުޞްޠަފާއަކީ ދިވެހި ފިލްމީ ދާއިރާގެ އިތުރުން ތަޢުލީމީ ދާއިރާ އާއި ރާއްޖޭގެ ބައެއް ސިޔާސީ މަޤާމުތައްވެސް ފުރުއްވާފައިވާ ބޭފުޅެވެ.
މުޞްޠަފާ ހެއްދެވި ފީޗާ ފިލްމުތަކުގެ އިތުރުން މިހާރުވެސް ގެންދަވަނީ “ދަތުރު”ގެ ނަމުގައި ޓްރެވެލް ޑޮކިއުމެންޓަރީ ސީރީޒްތަކެއް ހައްދަވައި ބައެއް ޗެނަލްތަކުން އެ ސީރީޒްތައް ދައްކަވަމުންނެވެ.
“މުޙައްމަދު މުޞްޠަފާ ޙުސައިން – ވީވީއައިޕީ ޝޯވ“ގައި ފިލްމީ ދާއިރާގައި މުޞްޠަފާ ކުރެއްވި މުހިންމު މަސައްކަތްޕުޅުގެ މައްޗަށް ވަރަށް ތަފުސީލުކޮށް އަލިއަޅުވައިލައްވާނެއެވެ. މި ޝޯވގައި މުޞްޠަފާގެ ފިލްމީ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރެއްވި ރާއްޖޭގެ ހުނަރުވެރި އެކްޓަރު ޙަސަން އަފީފް (ޖަންބު ޙަސަން)ގެެ އިތުރުން ފުނަމާ އާދަމް މަނިކާއި ޙުސައިން ރަމީޒް (ރަމީޒް ސޯ) ވެސް ބައިވެރިވެލައްވާނެއެވެ.
“މުޙައްމަދު މުޞްޠަފާ ޙުސައިން – ވީވީއައިޕީ ޝޯވ“ގެ ނޮޓިފިކޭޝަން ބަޓަން އެކްޓިވޭޓްކޮށްލާފައި ބެހެއްޓުމަށް ތިރީގައިވާ ލިންކަށް ކްލިކްކޮށްލާށެވެ.
https://www.clubhouse.com/join/muniavas/NYIMTnR9/PA0Q9wRR
ސަރުކާރުގެ ބައެއް އިސްމަޤާތަކާއި އދ.ގެ ޕާރމަނަންޓް ރެޕްރެސެންޓެޓިވްކަމާއި މަޢުމޫނުގެ ވެރިކަމުގައި އުފެއްދެވި އާޓްސް ކައުންސިލުގެ މެންބަރުކަން ވެސް މުޞްޠަފާ ކުރައްވާފައެވެ. މީގެ އިތުރުން 1980ގެ އަހަރުތަކުގެ ކުރީކޮޅުގައި ދިވެހި ސިއްޙީ ވުޒާރާގެ ވަޒީރުކަންވެސް މުޞްޠަފާ ކުރައްވާފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި