ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަމްޖޭގެ “ޑައިރީ” ގެ ޝޫޓިން ނޮވެމްބަރު މަހު ފަށަނީ

މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ)ގެ “ޑައިރީ”ގެ ޝޫޓިން އަންނަ ނޮވެމްބަރު މަހު ފަށާނެ ކަމަށް ބުނެފިއެވެ. ކޮންމެ އެޕިސޯޑެއްގައި ތަފާތު ވާހަކައެއް ގެނެސްދޭޭ މި ސީރީޒަކީ އަމްޖޭ ލިޔެ ޑައިރެކްޓްކުރާ ސީރީޒެއް ކަމަށް މުނިއަވަސް އަށް މަޢުލޫމާތު ދެމުން އަމްޖޭ ބުނެފައި ވެއެވެ.

“ޑައިރީ”ގެ ލީޑްގައި ހަރަކާތްތެރިވާނީ ކުރިއަރަމުން އަންނަ އެކްޓްރެސް ޢާއިޝަތު ލަހުފާ (ލަހޫ) އާއި ހުނަރުވެރި އެކްޓަރު އިބްރާހިމް ޖިހާދު (ޖިމީ) އެވެ.

“ލަހޫ އާ ޖިމީ މީގަ ހަރަކާާތްތެރިވާނީ. ޕޯސްޓަރުގަ އެއިނީ ލަހޫގެ ފޮޓޯއެއް. ޑައިރީގެ ކޮންމެ އެއްޗަކީ ގާތްގަނޑަކަށް ބައިގަޑިއިރުގެ ފިލްމެއް. މީގަ އަންނާނީ އެތައް ބައިވަރު ސްޓޯރީތަކެއް.” “ޑައިރީ”ގެ މަޢުލޫމާތު މުނިއަވަސް މެދުވެރިކޮށް ފުރަތަމަ ފަހަރަށް އާއްމުކުރަމުން އަމްޖޭ ބުންޏެވެ.

“ތޭރަ އެޕިސޯޑުވެސް ތަފާތު ވާނެ. ކޮންމެ އެޕިސޯޑެއްގަ އަންނާނީ ތަފާތު ވާހަކައެއް.” އަމްޖޭގެ “ޑައިރީ”ގެ ވާހަކައާއި ސްކްރީންޕްލޭ ވެސް ލިޔަނީ އަމްޖަދުކަން ފާހަގަކުރަމުން ބުނެފައިވެއެވެ.

“ޑައިރީ”ގެ ފުރަތަމަ އެޕިސޯޑްގައި ހިމެނޭ ލަވަ ވެސް މުނިއަވަސްއާ ހިއްސާކޮށްފައިވެއެވެ. ‘ތީ ހޫރެއް ފަދަ ދޮން މަލިކާ އޭ’ ލަވަ ކިޔާފައިވަނީ ރާފީ އާއި ސޮބާ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top