ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ބީވުން” ސީރީޒްގެ ދެވަނަ ޓްރެއިލާއެއް!

މޭޓް ސްޓޫޑިއޯއިން ޕްރޮޑިއުސްކޮށް، ބްލޫ ވޭވް އެންޓަޓެއިންމެންޓާ ގުޅިގެން އުފައްދާ ވެބް ސީރީޒް “ބީވުން“ގެ ދެވަނަ ޓްރެއިލާއެއް ރިލީޒްކޮށްފިއެވެ. މި ސީރީޒްގެ އިތުރު މަންޒަރުތަކެއް އާއްމުކުރަމުން ފިލްމުގެ ޑައިރެކްޓަރު ބުނީ ސީރީޒްގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ޝޫޓްކުރަމުން އަންނަ “ބީވުން” މިއީ އާމިނަތު ރިނާޒާ ލިޔެފައިވާ ސްކްރީންޕްލޭ އަކަށް ޢަލީ ރަޝީދު (ގޮޅާ އައްޔަ) ކެމެރާކޮށް ޑައިރެކްޓްކުރާ ސީރީޒެކެވެ.

ބީވުން“ގެ ލީޑް ކުޅެނީ ހުނަރުވެރި އެކްޓްރެސް މަރްރިޔަމް ޝިފާ އާއި ހުނަރުވެރި އެކްޓަރ އަޙްމަދު ޝާރިފް އެވެ. އިތުރު ތަރިންގެ ތެރޭގައި ޢަލީ ޝަމީލް، ފާޠިމަތު ލަޠީފާ، ޔޫޝަޢު، މަރްޔަމް ޙަލީމްގެ އިތުރުން ސާނާ ހިމެނެއެވެ.

ބީވުން“ގެ ތީމް ލަވަވެސް މި ޓްރެއިލާއާއެކު މިވަނީ ރިލީޒްކޮށްފައެވެ. ތީމް ލަވަ ކިޔާފައިވަނީ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) އެވެ. މިއުޒިކް ހެދީ ކޮއްކޮއެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/MUNIAVAS/videos/414073040098509″ poster=”http://www.muniavas.com/wp-content/uploads/2021/11/BEEVUN.jpg”]

މިދިޔަ މަހު 13ގައި މި ސީރީޒްގެ ރަސްމީ ޕޯސްޓަރު ރިލީޒްކޮށްފައިވެއެވެ. މީގެ އިތުރުން ސީރީޒްގައި ހިމެނޭ ދެ ލަވައިގެ ތެރެއިން ”ހަނދު ވަށާލާ، ރީތި ތަރިތައް“ ވެސް ރިލީޒްކޮށްފައި ވެއެވެ. މި ލަވަ ކިޔާފައިވަނީ ޝާހިދާ (ކުޑަ ޝާހިދާ) އަދި ކޮއްކޮ އެވެ. ލަވައިގެ ހިތްގައިމު މިއުޒިކް ހެދީވެސް ކޮއްކޮ އެވެ.

ސްޓޫޑިއޯ މޭޓުން ގެނެސްދޭ 13 އެޕިސޯޑްގެ މި ސީރީޒަކީ މުޙައްމަދު ފުއާދު (ފޯޑު) ޕްރޮޑިއުސްކުރާ ސީރީޒެކެވެ.

[responsive-slider id=38791]

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top