ބޮލީވުޑް ބަތަލު ސަނީ ޑެއޯލްގެ ދޮށީ ދަރިފުޅު ކަރަން ޑެއޯލްގެ ފިލްމު ”ވެއްލޭ“ މި ހިނގާ ޑިސެމްބަރު މަހު 10 ގައި ސިނަމާތަކުގައި ރިލީޒްކުރާ ގޮތަށް ތާވަލުކޮށްފިއެވެ.
2019 ގައި ”ޕަލް ޕަލް ދިލް ކޭ ޕާސް“ އިން ބޮލީވުޑަށް ތަޢާރަފުވި ކަރަންގެ މި ފިލްމުގައި އޭނައާއެކު މައިގަނޑު ރޯލުތަކުން ފެނިގެންދާނީ އަބޭ ޑެއޯލްއާއި މޯނީ ރޯއީއާއި އާނިޔާ ސިންގއާއި ވިޝޭޝް ތިވާރީގެ އިތުރުން ސާވަންތު ސިންގ ޕްރޭމީއެވެ.
އަޖޭ ދޭވްގަން ފިލްމްސް އާއި އިންޓަކަޓް އެންޓަޓެއިންމެންޓުން ގެނެސްދޭ މި ޑްރާމާ ފިލްމުގައި ކިޔައިދެނީ އަންހެންކުއްޖެއްގެ ތިން ފިރިހެން އެކުވެރިން އެ އަންހެންކުއްޖާގެ އެދުމަށް ކިޑްނެޕް ކުރުމުން ދެން ދިމާވާ އެކި ހާދިސާތަކެވެ.
ޕަންކަޖް މާޓާގެ ސްކްރީންޕްލޭއަކަށް ”ވެއްލޭ“ ޑައިރެކްޓްކޮށްފައިވަނީ ދެވެން މުންޖަލްއެވެ. މިއީ ދެވެންގެ ފުރަތަމަ ޑައިރެކްޝަންކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




