މިއުޒިކީ ލެޖެންޑް އަދި ކުޅިވަރުގެ ދަނޑުގައިވެސް ބޮޑު މަޝްހޫރުކަމެއް ހޯދި އަހުމަދު ރިޒާ (ތަރަބޫޒު ރިޒާ) މިއަދު ނިޔާވެއްޖެ އެވެ.
އުމުރުން 67 އަހަރުގައި ރިޒާ ނިޔާވީ ހިތުގެ ސީރިއަސް މައްސަލަތަކަކަށް ފަރުވާ ހޯދަމުންދާތާ ވަރަށް ގިނަ އަހަރުތަކަކަށް ފަހު އެވެ. އޭނާ ނިޔާވީ ހާލު ގޯސްވެ ރޭގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ރެއިން ފެށިގެން ރިޒާ އޮންނެވީ ވެންޓިލޭޓަރުގައެވެ.
ރިޒާއަކީ މިއުޒިކުގެ ދާއިރާގައި ވަރަށް ފާހަގަކޮށްލެވޭ ފަންނާނެކެވެ. ލަވަ ކިޔުމުގައިވެސް ބޮޑު މަޝްހޫރު ކަމެއް ހޯއްދެވިއެވެ. އަދި އަމިއްލަ ބޭންޑެއް އުފައްދައިގެން ދެމުން ދިޔަ ޝޯތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. މީގެ އިތުރުން ރިޒާ ސްޓޫޑިއޯ އަކީ ލަވަ ރެކޯޑުކުރުމުގައި ވެސް ނުވަދިހައިގެ އަހަރުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސްޓޫޑިއޯ އެކެވެ.
ކުޅިވަރުގައިވެސް އޭނާގެ ނަން ހާއްސައެވެ. އެއީ މޮޅު ރެފްރީއެކެވެ. ލައިސްމަނެކެވެ. ފުޓްބޯޅަ ކުޅުންތެރިއެކެވެ. އަދި ހޮކީގައިވެސް ވިދާލިއެވެ.
ރިޒާގެ ޖަނާޒާ އޮތީ މިރޭ އިޝާ ނަމާދަށް ފަހު އާސަހަރާއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!