90 ގެ އަހަރުތަކުގައި ބޮލީވުޑްގައި ބޮޑު މަޤުބޫލުކަމެއް ހޯދި ބަތަލު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތަޢާރަފުކުރާ ފިލްމު ”ތަޅަޕް“ ގެ ދެވަނަ ޓްރެއިލާއެއް ދައްކާލައިފިއެވެ.
ސާޖިދު ނާދިއާޑްވާލާގެ ނާދިއާޑްވާލާ ގްރޭންޑްސަން އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކޮށް ގެނެސްދޭ މި ފިލްމަކީ ”ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ“ އާއި ”ދަ ޑާޓީ ޕިކްޗާ“ އަދި ”ބާދްޝާހޯ“ ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ މިލަން ލުތުރިއާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
އަހާން އާއިއެކު ތާރާ ސުތާރިއާ ލީޑުން ފެނިގެންދާ މި ރޮމޭންޓިކް އެކްޝަން ޑްރާމާ ފިލްމުގެ މައިގަނޑު އެހެން ރޯލުތަކުން ސޯރަބް ޝުކްލާ އާއި ކުމޫދު މިޝްރާގެ އިތުރުން ސުމީތު ގުލާޓީ ފަދަ ތަރިން ފެނިގެންދާއިރު، މިއީ 2018 ވަނަ އަހަރު އަޖޭ ބުޕާޓީ ޑައިރެކްޓްކޮށް ގެނެސްދިން ތެލުގޫ ފިލްމު ”އާރްއެކްސް 100“ ގެ ރީމޭކެކެވެ.
”ތަޅަޕް“ އާއެކު އުންމީދީ އެކްޓަރަކު ތަޢާރަފު ކުރާއިރު، މި ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ސިނަމާތަކުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




