އަޖޭ ދޭވްގަން އާއި އަމީތާބް ބައްޗަންގެ “މޭޑޭ” ގެ ނަން “ރަންވޭ 34” އަށް ބަދަލުކޮށް ތަރިންގެ ވަކި ޕޯސްޓަރުތަކެއް ދައްކާލައިފިއެވެ.
އަޖޭ ދޭވްގަން ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ މި ތުރިލާ ޑްރާމާގައި އަޖޭ އާއި އަމީތާބްގެ އިތުރުން ލީޑުގައި ރަކުލް ޕްރީތު ސިންގ ވެސް ހަރަކާތްތެރިވެއެވެ. އޭގެ އިތުރުން އަންގީރާ ދާރީ އާއި ބަމަން އިރާނީ އާއި އާކަންކްޝާ ސިންގ ވެސް މައިގަނޑު ރޯލުތަކުން ފެނިގެންދާނެއެވެ.

ސަންދީޕް ކިއުލާނީ އާއި އާމިލް ކީޔާން ޚާން ލިޔެ، އަޖޭ ދޭވްގަން ޑައިރެކްޓްކޮށްފައިވާ “ރަންވޭ 34” ސިނަމާތަކުގައި ރިލީޒްކުރަން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 29 ގައެވެ.
ކިޔުންތެރިންގެ ޚިޔާލު
