ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ގިރިޓީ ލޯބި” މިމަހު ހަތެއްގައި

ޑާކްރެއިން އެންޓަޓެއިންމަންޓުގެ ވެބް ސީރީޒް ”ގިރިޓީ ލޯބި“ ބައިސްކޯފުން ދައްކަން ފަށާނީ މި ޑިސެމްބަރު މަހު 07ގައި ކަން ބައިސްކޯފުން ހާމަކޮށްފިއެވެ.

މިއީ އަރަމުން އަންނަ ޒުވާން ދެ ތަރިން ކަމުގައިވާ މުހައްމަދު ވިޝާލް (ރޯމަން) އާއި އައިމިނަތު ރަޝްފާ (އާޝާ) ލީޑް ރޯލުން ފެނިގެންދާނެ ސީރީޒެކެވެ.

އިތުރަށް ފެނިގެންދާނެ މުހިންމު ތަރިންގެ ތެރޭގައި މުޙައްމަދު މަނިކު، އަޙްމަދު ސަޢީދު، މުޙައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް)ގެ އިތުރުން މުޅިން އާ މޫނު ތަކެއް ވެސް މި ސީރީޒުން ފެންނާނެއެވެ.

20 އެޕިސޯޑުގެ މައްޗަށް އެކުލެވިގެންވާ “ގިރިޓީ ލޯބި“ ވެބް ސީރީޒަކީ ޢާއިޝަތު ފުއާދު ތައުފީޤް އަދި މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކޮށް، ޢަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ސީރީޒްއެކެވެ. މި ސީރީޒްގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ އަހްމަދު ޒަރީރުއެވެ.

“ގިރިޓީ ލޯބި“ ވެބް ސީރީޒްގެ ފުރަތަމަ ޓްރެއިލާ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ރިލީޒް ކޮށްފައިވެ އެވެ. ސީރީޒްގެ ލަވަތައް ސައުންޑް ކްލައުޑުން އަޑުއަހާލެވޭނެ އެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top