😷 މިއީ ރާއްޖެއިން ފެނުނު އޮމިކްރޯން ވޭރިއަންޓުގެ ފުރަތަމަ ކޭސް
😷 މި ވޭރިއަންޓަށް ފައްސިވެފައިވަނީ ފަތުރުވެރިއެއް
ކޮވިޑްގެ އާ ވޭރިއަންޓު، އޮމިކްރޯން ވޭރިއަންޓްގެ ފުރަތަމަ ކޭސް ރާއްޖެއިން ވެސް ފެނިއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އޮމިކްރޯން ވޭރިއަންޓުގެ މި ކޭސް ދެނެގަނެވިފައިވަނީ ކޮވިޑަށް ޕޮޒިޓިވްވި ފަތުރުވެރިއެއްގެ ޖީނޯމިކް ސީކުއެންސިންގެ ތެރެއިން ކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ. އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވަނީ ރާއްޖޭގައި މި ވޭރިއަންޓް އުޅެދާނެ ކަމަށެވެ.
އޮމިކްރޯން ވޭރިއަންޓް އެންމެ ފުރަތަމަ ފެނުމާއެކު ހަތް ގައުމަކުން ރާއްޖެއަށް ދަތުރުވެރިން އައުން ވަނީ މަނާކޮށްފައެވެ. އެއީ ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޑްސްވާނާ، ޒިމްބާބްވޭ އަދި އެމްވަޓީނީންއެވެ. އެ ހަތް ގައުމުން ރާއްޖެ އަންނަ ދިވެހީންނާއި ވޯކްޕާމިޓް އޮތް ބިދޭސީން 14 ދުވަހަށް ކަރަންޓީނުވާންޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
މި ގައުމުތަކުން ރާއްޖެއަށް މީހުން މަނާކުރިއިރު ރާއްޖެއަށް ގިނަ ފަތުރުވެރިން ދަތުރުކުރަމުން އަންނަ ޔޫރަޕުގެ ގިނަ ގައުމުތަކުން ވެސް ވޭރިއަންޓް ފެނުނު ނަމަވެސް މިހާތަނަށް އެކަމާ މެދު އެއްވެސް ފިޔަވަޅެއް އަޅައިފައެއްނުވެއެވެ.
ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ”އޮމިކްރޯން“ ވޭރިއަންޓަކީ ވަރަށް އަވަހަށް ފެތުރޭ އަދި ވަރަށް ބޮޑަށް ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމުގައެވެ.
ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯ ކޮމިޔުނިކަބަލް ޑިސީސަސް، (އެންއައިސީޑީ) އާއި އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފައިވަނީ ”އޮމިކްރޯން“ އަކީ ކޮވިޑްގެ މިހާތަނަށް ނުފެންނަހާ ބާރުގަދަ އަދި އަވަހަށް ފެތުރޭ ވޭރިއަންޓެއްކަމަށާ އިންސާނާގެ ހަށިގަނޑުގައިވާ ދިފާއީ ނިޒާމާއި ވެކްސިންތައް އެވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާކަން ނުވަތަ ނޫންކަން އިލްމީގޮތުން ދެނެގަތުމަށް އަދި ދެހަފްތާއެއްހާ ދުވަސް ނަގާނެކަމުގައެވެ.
ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް-19ގެ އައު ވޭރިއަންޓް ބީ.1.1529 ”ވޭރިއަންޓް އޮފް ކޮންސަރން“ ގެ ގޮތުގައި ހިމަނާ ކޮވިޑްގެ އެހެން ވޭރިއަންޓްތަކަށްވުރެ ހަލުވިކަމާއެކު އެވޭރިއަންޓް ފެތުރިދާނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ން ވަނީ ބުނެފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




