ޚިތާނީ ގެތަކުގައި ބޮޑުބެރު ޝޯވތަކާއި މިއުޒިކް ޝޯވތައް ބޭއްވުން މިއީ ވަރަށް އާއްމު ކަމެކެވެ. ހަމަ އެހެންމެ ތުއްތުކުދިންނާއި ކުޑަކުދިންނަށް ޚާއްޞަކޮށްގެންވެސް ތަފާތު ހަރަކާތްތައް ހިންގައެވެ. މިގޮތުން ޖާދޫ ޝޯވއަކީ ހަމަ ގައިމުވެސް ތުއްތުކުދިންނާއި ކުޑަކުދިންނަށް އެއްމެ ކަމުދާނެ ހަރަކާތަކަށް ވާނެ ކަމެކެވެ.
ޚިތާާނީ ޝޯވތަކުގައި ޖާދޫ ހެދުމަށް ޒުވާން ޖާދޫގަރެއް ނުވަތަ މިހާރު ކުދިން ކިޔާ ގޮތަށް ނަމަ މެޖީޝަންއެއް ހޯދަން ބޭނުން ހެއްޔެވެ؟ އަތްފޯރާ ފަދަ ހެޔޮ އަގެއްގައި މަޝްހޫރު ‘މޯލްޑިވިއަން މެޖީޝަން ރާއްޕެ‘ ހުރީ ކުދިންނަށް މެޖިކް ޝޯވތައް ބާއްވައިދޭން ތައްޔާރަށެވެ. ޚިތާނީ ޝޯވތަކަށް މެޖީޝަން ރާއްޕެ ގެންނަ ކަހަލައޭ ބުނަން ޖެހޭ ބައިވަރު ސަބުތައް އެބަ ހުއްޓެވެ.
ރާއްޖޭގެ ޖާދޫގަރުންގެ ނިސްބަތުން ކުރީ ސަފުގައި ގުނައިލެވޭ ހިސާބުގައި ހުރި އުމުރުން އެންމެ 26 އަހަރުގެ، ޒުވާން ޖާދޫގަރު، ޏ. ފުވައްމުލައް ރާފިޢު މުޙައްމަދު (މޯލްޑިވިއަން މެޖީޝަން ރާއްޕެ) ހުރީ 30 މިނެޓާއި 02 ގަޑިއިރާއި ދެމެދުގެ މެޖިކް ޝޯވތައް ދިނުމަށްވެސް ތައްޔާރަށެވެ.

އުމުރުން އެންމެ 12 އަހަރުގައި ޖާދޫހަދަން ފެށި ރާއްޕެ ޖާދޫހަދަނީ ހަމަ އެކަނި މީހުން ހައިރާންކޮށްލުވައިލުމަކަށް ނޫނެވެ. އޯޑިއަންސް ހެއްވާލައި އޯޑިއަންސާ ގުޅިގެން ޝޯވތައް ކުރިއަށް ގެންދަން އޭނާ އަބަދުވެސް މަސައްކަތްކުރެއެވެ. އެގޮތުން ކޮންމެވެސް ވަރަކަށް ކޮމެޑީ ޖައްސައިލައި މިސްޓްރީ ވެސް ޖައްސައެވެ.
ރާއްޕެގެ މެޖިކް ޝޯވތައް ޚިތާނީ ގެތަކުގައި ބޭއްވުމުން ކުޑަކުދިންނަށް ކުރާނެ އެހެން ފައިދާއެއް ވެސް އެބަ އޮތެވެ. ޝޯވ ތެރެއިން، ރާއްޕެގެ އިރުޝާދާއެކު ޖާދޫ ހަދަން ދަސްކޮދިނުމަކީވެސް ރާއްޕެ ކުރާ ކަމެކެވެ. މީގެ އިތުރުން ރާއްޕެއަކީ ޝޯވ ހޯސްޓްވެސް ކޮށްދޭ ފަރާތެކެވެ.
[aiovg_video type=”facebook” facebook=”https://www.facebook.com/MagicianRaapppe/videos/452223759809258″ poster=”http://www.muniavas.com/wp-content/uploads/2020/10/835A7A8B-5F35-40F7-A864-8A5B34FD311A-e1602597688473.jpeg”]
ރާއްޕެގެ މެޖިކް ޝޯވތަކުގައި ލަވަކިޔުންވެސް އޮންނާނެއެވެ. މޯލްޑިވިއަން އައިޑަލް އިން މަޝްހޫރުވި ހިޝާން އަދި ކޮކީގެ ހިތްގައިމު، އަދި އެހާމެ ފޯރިގަދަ ލަވަތައް އަޑުއަހައިލާ މަޖާ ނަގައިލެވޭނެއެވެ.
މާލެ ސަރަޙައްދުގެ އިތުރުން، އަތޮޅުތަކުގެ ރަށްތަކަށްވެސް ރާއްޕެ އާއި އޭނާގެ ޓީމުން ތިބީ ދާން ތައްޔާރަށެވެ.

ޓީވީއެމްގެ “ހޭޔަންބޯ” ގައި ރާއްޕެ
މޯލްޑިވިއަން މެޖީޝަން ރާއްޕެއަށް ގުޅާލައި ބްކިން ހަދައިލަންވެސް ނިކަން ފަސޭހައެވެ. ރާއްޕެގެ ފޭސްބްކް ފޮލޯކޮށްލައި މެސެޖްކޮށްލައިގެން ނުވަތަ ރާއްޕެގެ 9880739 ނަންބަރަށް ގުޅާލައި އަވަހަށް ޝޯވއެއް ރާވާލާށެވެ. ހަމަ ގައިމުވެސް ޚިތާނީ ޝޯވތަކަށް މެޖީޝަން ރާއްޕެ ގެންނަ ކަހަލަކަން ރާއްޕެގެ ފޭސްބްކް ވީޑިއޯތަކުން އެކަނިވެސް ހެކި ދައްކައެވެ.
[aiovg_video type=”facebook” facebook=”https://www.facebook.com/MagicianRaapppe/videos/963576434277488″ poster=”http://www.muniavas.com/wp-content/uploads/2020/10/835A7A8B-5F35-40F7-A864-8A5B34FD311A-e1602597688473.jpeg”]
