އުމުރުން 27 އަހަރުގެ ކެނޭޑިއަން ޕޮޕްސްޓަރ ޖަސްޓިން ބީބާ އާއި އޭނާގެ އަންހެނުން ހެއިލީ ބީބާ ރާއްޖޭގައި ޗުއްޓީހޭދަކުރަމުން އެބަ ގެންދެއެވެ. މި ދެމަފިރިން ޗުއްޓީހޭދަކުރަމުން ދަނީ ނ. އަތޮޅުގައި އޮންނަ ސޮނެވާ ޖާނީ ރިސޯޓްގައެވެ. ސޮނެވާ ޖާނީ އަކީ ރާއްޖޭގެ ރިސޯޓްތަކަށް ބަލާއިރު އެންމެ އަގުބޮޑު ރޭންކްގައި ހިމެނޭ ރިސޯޓެކެވެ.
މީގެ ކުރިންވެސް ޖަސްޓިން ބީބާ ރާއްޖެއަށް ޒިޔާރަތްކޮށް ޗުއްޓީހޭދަކޮށްފައި ވެއެވެ.
ޖަސްޓިން ބީބާގެ މިއުޒިކީ ހަޔާތަށް ބަލައިލާއިރު، ގާތްގަނޑަކަށް 150 މިލިޔަން ރެކޯޑްސް މުޅި ދުނިޔޭގައި ވިކިފައިވެއެވެ. ނަތީޖާއެއްގެ ގޮތުން، ބީބާ އަށް އެންމެ ކާމިޔާބު، ބެސްޓް ސެލިންގ އާޓިސްޓް އޮފް އޯލް ޓައިމްސް ލިބިފައިވެއެވެ.
ރިޕޯޓްތައް ބުނާގޮތުން ބީބާ ރާއްޖެއައީ އޭނާގެ އަމިއްލަ ޖެޓްގައެވެ. މި ޖެޓް ނ. މާފަރު އިންޓަނޭޝަނަލް އެއަރޕޯޓްގައި ޖެއްސީ މިދިޔަ ހޯމަދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ޖަސްޓިން ބީބާގެ މި ދަތުރަކީ ސައުދީ އަރަބިއްޔާގައި އޮތް ގްރޭންޑް ޕްރިކްސް ކާރު ރޭސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށްފަހު ރާއްޖެއަށް ކުރި ދަތުރެއްކަން ފާހަގަކޮށްލެވެއެވެ.
