ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮވިޑް 19 ޖެހިގެން ރާއްޖެއިން 6 ވަނަ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން 6 ވަނަ މީހަކު ނިޔާވެއްޖެއެވެ.

ދާދި ދެންމެ އަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައ އޮތް ބަންގްލަދޭޝްގެ 54 އަހަރުގެ ފިރިހެނެއް ނިޔާވެފައިވާ ކަމަށެވެ.

މިއާއެކު ރާއްޖެ އިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 6 އަކަށް އަރާފައެވެ. ކޮވިޑް-19 އަށް މިހާތަަނަށް ރާއްޖެ އިން 1773 މީހުން ފައްސިވެފައި ވާއިރު، 453 މީހުން ވަނީ ރަނގަޅުވެފައެވެ. ކަރަންޓީނުގައި 1403 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 1245 މީހުން މިވަގުތާ ހަމައަށް އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top