މަޝްހޫރު ނެށުންތެރިޔާ އަދި ރުލާ އެވޯޑުން ދެމުން އަންނަ ”އޭޝިއާސް އައުޓްސްޓޭންޑިން ވުމަން އެޗީވަރ“ އެވޯޑާއި، ”އޭޝިއާސް އައުޓްސްޓޭންޑިންގ ބްރޭންޑް“ އެވޯޑް ޙާޞިލްކޮށްފައިވާ ސުނީތާ ޢަލީ އުފައްދަމުން އަންނަ “ހިތްދީވާނާ” އަލްބަމްގެ ލަވައަކުން ދުނިޔެއަށް މަޝްހޫރު އެކްޓްރެސް ޕްރިޔަންކާ ޗޯޕްޅާ ފެނިގެން ހިނގައިދާނެ ކަމުގެ އިޝާރާތެއް ސުނީތާ ކޮށްފިއެވެ.
މުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ގެނެސްދިން “ސުނީ އެންޑް ޢިއްޒާ: އޭޝިއާ އެވޯޑް ވިނަރޒް ވީވީއައިޕީ ޝޯވ“ގައި މުނިއަވަސް އިން ކުރި ސުވާލަކަށް ޖަވާބުދެމުން ސުނީތާ ބުނީ “ހިތްދީވާނާ-07″ގެ ލަވަތައް ހުރީ ރެކޯޑްކޮށްފައި ކަމަށާ ދެ ލަވައިގެ ވީޑިއޯ ނިންމައި ޔޫޓިއުބަށްވެސް ލާފައިވާކަމަށާ ޕްރިޔަންކާ ވެސް ހިތް ދީވާނާގެ ލަވައެއް ކުޅެފާނެތާއޭ ބުނެ އިޝާރާތެއް ސުނީގެ ފަރާތުން ލިބިފައިވެއެވެ.
ސުނީތާ އެ ބުނާ ލަވައެއްގެ ޑައިރެކްޝަން ހަދަން ޢީސައަށް ދީފިނަމަ އެކަމާ ބުނާނީ ކީކޭތޯ މުނިއަވަސް އިން އަހައިލުމުން ޢީސަ ވެސް ވަނީ އެކަން ކުރާނެ ކަމަށް ބުނެފައެވެ.
މިޚަބަރާ ގުޅޭ އޯޑިއޯ މިހާ ހިސާބުން އަޑުއަހައިލުން ކިހިނެއްވާނެ ހެއްޔެވެ؟
[aiovg_video type=”facebook” facebook=”https://www.facebook.com/MUNIAVAS/videos/951618709101359″ poster=”http://www.muniavas.com/wp-content/uploads/2021/12/SUNEE-PC.jpg”]
މުނިއަވަސް ކްލަބް ހައުސް އިން ރޭ ބޭއްވި ޝޯވގައި ޢިއްޒާ އަޙްމަދު ނިޒާރާއި ސުނީތާ ޢަލީއަށް އެހުންތެރިންނާ މުނިއަވަސްގެ ފަރާތުން ކުރިމަތިކުރި ސުވާލުތަކަށް ޖަވާބުދީފައިވެއެވެ.
