ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުނިއަވަސް ޕްރޮގްރާމެއްގައި ރީކޯ މޫސަ، ލަވައެއް ކުޅުމުގެ ޝައުޤުވެރިކަން ފާޅުކޮށްފި

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ހުނަރުވެރި އެކްޓަރު މޫސާ މަނިކް (ރީކޯ މޫސަ) ވީޑިއޯ ލަވައެއް ކުޅެން ބޭޭނުންވާ ކަމަށް ބުނެ އެކަމުގެ ޝަޢުޤުވެރިކަން ސީރީއަސް ނޯޓެއްގައި ފާހަގަކޮށްފިއެވެ. މޫސަ މިހެން ބުނީ މުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް، ކޮންމެ ހޯމަ ދުވަހެއްގެ މެންދުރު 13:15ގައި ގެނެސްދެމުން އަންނަ “މުނިއަވަސް ޕްލޭލިސްޓް – ހަމަ އެރާގު” ޕްރޮގްރާމުގެ މިއަދުގެ އެޕިސޯޑްގައި ބައިވެރިވެ ވާހަކަދައްކަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައީސްކަންވެސް ކުރައްވާފައިވާ މޫސަ، މިއަދުގެ ޕްރޮގްރާމުގައި އެހުންތެރިއެއްގެ ހައިސިއްޔަތުން ބައިވެރިވެ، ވަރަށް އާދައިގެ ގޮތެއްގައި ސަމާސަ މޫޑެއްގައި ވާހަކަދައްކަމުން ބުނީ މިހާރުވެސް އޭނާ ހުރީ ލަވައެއް ކުޅޭހިތުން ހަދާނެ އެއްޗެއް ނޭނގިފައި ކަމަށެވެ.

“ފުރުޞަތު އަނެއްހެން ލިބިފައެއްވެސް ނޫން. ފުރުޞަތު އަމިއްލައަށް ހޯދައިގެންވެސް ކުޅޭގޮތަށް މިހުރީ.” އަދިވެސް ފުރުޞަތެއް ލިބިއްޖެ ނަމަ ލަވަ ކުޅޭނަންތޯ މުނިއަވަސްގެ ޕްރޮގްރާމު ޕްރެޒެންޓަރ ލައިނާ ކުރި ސުވާލަށް ޖަވާބުދެމުން މޫސަ ބުންޏެވެ. މޫސަގެ މި ޖަވާބަށް ވަރުގަދަ ހިނިގަނޑެއް ޖަހައިލަމުން ޢީސަ ބުނީ އެއީ ދޮގެއް ކަމަށާ މޫސައަށް ފުރުޞަތު ނުލިބިއެއް ނުހުންނާނެ ކަމަށެވެ. އީސަ މިހެން ބުނުމުން މޫސަގެ ވާހަކައިގެ ރާގު ތަންކޮޅެއް ސީރިއަސްކޮށްލަމުން ބުނީ ޝަހުބާން ކިޔާފައިވާ ލަވައަކަށް ވީޑިއޯ ލަވައެއް ކުޅުމަށް މޫސަ އަބަދުވެސް ވަރަށް ބޮޑަށް ޝައުޤުވެރިވާ ކަމަށެވެ.

މިއަދުގެ ޕްރޮގްރާމުގައި މޫސަ ދެއްކި ވާހަކައިގައި ލަވަ ކުޅުމަށް ޝައުޤުހުރިކަން ފާޅުކޮށް ދެއްކި މުހިންމު ވާހަކަކޮޅުގެ އޯޑިއޯ އަޑުއަހައިލަމާ ހިނގާށެވެ. ގިނަ ތަފުސީލުތަކެއް ލިބިގެންދާނެއެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/MUNIAVAS/videos/951027092457879″ poster=”http://www.muniavas.com/wp-content/uploads/2021/12/Moosa-Easa.jpg”]

“މުނިއަވަސް ޕްލޭލިސްޓް – ހަމަ އެރާގު”ގެ މިއަދުގެ އެޕިސޯޑްގައި މޫސަގެ ފަރާތުން މުނިއަވަސްފިލައިގެންދާނެ ފަދަ މަޖާ، ގިނަ ވާހަކަތަކެއް އިވިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top