ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މެސީ ކޮވިޑަށް ޕޮސިޓިވް ވެއްޖެ

ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑު ހަތް ފަހަރަށް ހޯދާފައިވާ ޕީއެސްޖީ އަދި އާޖެންޓީނާގެ ފޯވާޑު ލިއޮނެލް މެސީ ކޮވިޑަށް ޕޮސިޓިވް ވެއްޖެއެވެ.

ޕީއެސްޖީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެސީ އާއި، ހޫލިއަން ބާނަޓް އާއި، ނޭތަން ބިޓުމަޒާލާ އާއި ގޯލްކީޕަރު ސާޖިއޯ ރިކޯ ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ކުޅުންތެރިން މިހާރު ތިބީ އައިސޮލޭޝަންގައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވް ވުމާއެކު ފްރެންޗު ލީގުގައި ޕީއެސްޖީން ވަނެސްއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެއެވެ. އަދި އެ މެޗުގެ އިތުރުން އަންނަ ހޮނިހިރު ދުވަހު ލިޔޯނާ ދެކޮޅަށް ކުޅޭ މެޗު ވެސް ގެއްލޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން އެ ކުޅުންތެރިންނަށް ފަރުވާ ހޯދުމުގެ މަސައްކަތް މިހާރުން ފެށިގެން ކުރެވެމުން އަންނަ ކަމަށް ވެސް ޕީއެސްޖީން ބުނެފައިވެއެވެ. އެ ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ފިނި މޫސުމުގެ ބްރޭކަށް ކުޅުންތެރިން ޗުއްޓީއަށް ގޮސްފައި އެނބުރި އައިއިރުގައި ކަމަށް ބެލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top