ޙުސައިން މުނައްވަަރު (ކިޑޫ)ގެ ’ކިޑް ޕްރޮޑަކްޝަން‘ އިން ހިތްގައިމު ލަވައެއް ގެނެސްދޭން ތައްޔާރުވެ، އެ ލަވައިގެ ޓްރެއިލަރ އާއްމުކޮށްފިއެވެ. ”ފަތްމިނި“ގެ ނަމުގައި ގެނެސްދޭ މި ހިތްގައިމު ލަވަ ރިލީޒްކުރާނީ މިމަހު 07ވަނަ ދުވަހުއެވެ. މިއީ މިވަގުތު، ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ފިރިހެެން ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް ކިޔާފައިވާ ލަވައެކެވެ.
”ފަތްމިނި“ގެ ދޫކޮށްލާފައިވާ ޓްރެއިލަރ އިން ހިތްގައިމު މަންޒަރުތަކެއް ފެންނައިރު، ދުވެލާފައިވާ ދާ އަންހެން ކުއްޖެއް ފެނެއެވެ. އެ ކުއްޖާއާއި ޝަލަބީ އިބްރާހީމްގެ މަންޒަރުތަކެއް ދުރުދުރުން ދައްކާލާފައި ވެއެވެ. އެހެންކަމުން މި ލަވައިގެ ވީޑިއޯގައި ފެނިގެންދާ އަންހެން ކުއްޖާއާއެކު، އެކްޓްކޮށްފައިވަނީ ޝަލަބީކަން ޔަޤީންކުރެވެއެވެ.
މަޝްހޫރު ކޮމްޕޯސަރ އަދި ލަވަކިޔުންތެރިޔާ އިބްރާހީމް ޒައިދު ޢަލީ (ކުޑަ އިއްބެ)ގެ ޓޮނިކް ލައިވް ސްޓޫޑިއޯގައި ކުޑަ ައިއްބެ ކޮމްޕޯޒްކޮށް އެރޭންޖްކޮށްފައިވާ ”ފަތްމިނި“ ލަވައިގެ ލިރިކްސް އާއި ސްޓޯރީ ތައްޔާރުކޮށްފައިވަނީ އޭ.ޑަބަލިޔޫ އެވެ. ލަވައިގެ ކާސްޓުންނަކީ ޝަލަބީ އަދި ޝިފާ އެވެ.
”ފަތްމިނި“ ލަވައިގެ ޑައިރެކްޝަން ހެދީ ޙުސައިން މުނައްވަރު އެވެ. މޭކަޕް އަދި ކޮސްޓިއުމް ޑިޒައިންކުރީ ރިޝްފާ އެވެ.
ލަވައިގެ ޓްރެއިލަރ އާއްމުކޮށްފައިވަނީ ޝަލަބީގެ އިންސްޓަގްރާމްގައެވެ.
View this post on Instagram
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




