ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ތޭޖަސްވީ “ނާގިން” ގެ ޝޫޓިންގ ފަށައިފި

ކަލާޒް ޓީވީގެ މަޝްހޫރު ސުޕަނެޗުރަލް ފެންޓަސީ ތުރިލާ ޓީވީ ސީރީޒް “ނާގިން” ގެ 6 ވަނަ ސީޒަންގެ ޝޫޓިންގ، ތޭޖަސްވީ ފަށައިފިއެވެ.

2015 ވަނަ އަހަރު އެކްތާ ކަޕޫރްގެ ބާލާޖީ ޓެލެފިލްމްސް އިން ޕްރޮޑިއުސްކޮށް ގެނެސްދޭން ފެށި “ނާގިން” ގެ 6 ވަނަ ސީޒަން ފަށަން ތައްޔާރުވަމުން އަންނައިރު މި ސީޒަންގެ ލީޑުން ފެނިގެންދާނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކަލާޒް އިން ނިންމާލި “ބިގް ބޮސް 15” ކާމިޔާބުކުރި ތޭޖަސްވީ ޕްރަކާޝް އާއި ހަމަ އެ ޝޯވއިން ފެނިގެންދިޔަ ސިމްބާ ނާގްޕާލްއެވެ.

މި މަހުގެ 12 ވަނަ ދުވަހު “ނާގިން” ގެ 6 ވަނަ ސީޒަން ފަށާގޮތަށް ނިންމާފައިވާއިރު، ޚަބަރުތައް ބުނާގޮތުގައި މި ސީޒަންގައި ކިޔައިދޭނީ އަވަށްޓެރި ޤައުމެއްގައި ކުރެވެމުން އަންނަ ނަސްލީ ހަނގުރާމައެއް ހުއްޓުވުމަށް ކުރާ ކަންކަން ކަމަށާއި އެހެން ސީޒަންތަކާ ޚިލާފަށް މި ސީޒަންގައި “ނާގިން” ފެނިގެންދާނީ ބަދަލު ހިފަން އުޅޭ ހަރުފައަކަށްވުރެ ބޮޑަށް ސުޕަހީރޯއެއްގެ ގޮތުގައެވެ.

ސީރީޒްއާއި ގާތް މަސްދަރަކުން ބުނާގޮތުގައި މިއީ މިހާތަނަށް އުފައްދާ ނާގިންގެ އެންމެ އަގުބޮޑު ސީޒަންއެވެ. 130 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފައްދާ މި ސީޒަން ނުހިނގައިފިނަމަ އެކްތާ މި ސީރީޒް ހުއްޓާލުންވެސް އެކަށީގެންވެއެވެ. އެހެންކަމުން މިއީ ތޭޖަސްވީ އާއި ސިމްބާއަށް އޮތް އިތުރު ޕްރެޝަރެއް ކަމަށްވެސް އެފަރާތުން އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކަށް ބުނެފައިވެއެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނިންމާލި “ބިގް ބޮސް 15” ގެ ތެރޭގައި “ނާގިން 6” ގެ ތޭޖަސްވީ ހިމެނޭ ޕްރޮމޯ ދައްކާލުމާއެކު މިހާރު ވަނީ ކަލާޒް ޓީވީއިންވެސް ޕްރޮމޯތައް ދައްކަން ފަށާފައެވެ. ކުރިންވެސް ކާމިޔާބު ސިލްސިލާތަކެއް ކުޅެފައިވާ ތޭޖަސްވީގެ މަޤުބޫލުކަން “ނާގިން 6” އާއެކު އެތައް ގުނައަކަށް އިތުރުވާނެ ކަމަށް ޤަބޫލު ކުރެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top