ދީނީ ސުވާލެއް އޮތީތަ؟
މަޢުލޫމާތު
ބޮޑެތި މީހުން ކިރު ބޯން އެންމެ ރަނގަޅީ ކޮންއިރަކު؟

ކިރަކީ އޭގައި އެތައް ފައިދާއެއް އެކުލެވިގެންވާ ބުއިމެކެވެ. އިންސާނާ ހެދިބޮޑުވުމަށް ބޭނުންވާ ވިޓަމިންތަކުގެ އިތުރުން ކަށިތަކަށް ބޭނުންވާ ކެލްސިއަމްވެސް ގިނަ އަދަދަކަށް ކިރުގައި ހިމެނެއެވެ.

ކިރުން ތައްޔާރުކުރާ ކާނާއާއި ބުއިންތަކަކީ އަހަރެމެން ވަރަށް ގިނައިން ބޭނުންކުރާ އެއްޗެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ކިރު ބޭނުންކުރާ ގޮތާއި ވަގުތުވެސް ތަފާތެވެ.

ތަޖުރިބާކާރުންނާއި ބޭސްވެރިން ބުނާގޮތުގައި ބޮޑެތި މީހުންނާއި ކުޑަކުދިން ކިރު ބޯން ޖެހޭ ވަގުތުވެސް ތަފާތެވެ. އެގޮތުން ކުޑަކުދިން ކިރު ބޯން އެންމެ ރަނގަޅީ ހެނދުނުގެ ވަގުތު ކަމަށާއި ބޮޑެތި މީހުން ކިރު ބޯން އެންމެ ރަނގަޅީ ރޭގަނޑު ނިދުމުގެ ކުރިން ކަމަށް ތަޖުރިބާކާރުންނާއި ބޭސްވެރިން ބުނެއެވެ.

ކިރަކީ ހަޖަމުކުރުމަށް އެހީވެދޭ ބުއިމެއްގެ އިތުރުން ބަނޑުހައިކަން ފިލުވައިދީ ނިދުމަށްވެސް އެހީތެރިވެދޭ އެއްޗެކެވެ. ކިރު ބޮއިގެން ނިދުމުން، ނިދީގެ ތެރެއިން ކިރުގައި އެކުލެވޭ ކެލްސިއަމް ހަށިގަނޑަށް ނަގާ މިންވަރު އިތުރުކޮށްދެއެވެ.

ކިރުން ލިބޭ ބައެއް ފައިދާތައް:

* ކަށިތައް ވަރުގަދަކުރުމަށް ބޭނުންވާ ކެލްސިއަމް ލިބޭ

* ހެދިބޮޑުވުމަށް ބޭނުންވާ ޕްރޮޓީންސް، ވިޓަމިންސް އަދި ފޮސްފޮރަސް ލިބޭ

* ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށް މެއިން ދިލަ ނެގުމުގެ މައްސަލަ ހައްލުކޮށްދޭ

ކޮންމެ ދުވަހަކު އާދަވެ 3-4 ތަށި ކިރު ބުއިމަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި ކަމެކެވެ. ނަމަވެސް އެއީ ފުލްކްރީމް ކިރު ނަމަ އެ މިންވަރު 2 އަށް މަދުކޮށްލަން ވާނެއެވެ. ސަބަބަކީ ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ ގިނައިން ކިރު ބުއިމަކީ ބަރުދަން އިތުރުވާ ކަމަކަށް ވާތީއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ކޯސްޓް3 އަހަރު ކުރިން

ބޮޑެތިމީހުން ގިނައިން ކިރުބޮނީ ރޭގަޑު އިގޭތޯ.

Home
Menu
Search
Back to top