ބޮލީވުޑް އަދި ހޮލީވުޑްގެ ފިލްމު ސިނާއަތުގައި މަސައްކަތްކުރަމުން އަންނަ ހިތްގައިމު އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ، އިނގިރޭސި ފިލްމު “ދަ މެޓްރިކްސް: ރިސަރެކްޝަންސް (2021)ގައި ކިއާނޫ ރީވްސް އާއެކު މަސައްކަތްކުރަމުން އަންނަކަން މީޑިއާގެ ފަލަ ސުރުޚީތަކަށް އެރީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އެ ފިލްމުގެ އިތުރުން އަނެއްކާވެސް ޕްރިޔަންކާ އަށް މިވަނީ ހޮލީވުޑްގެ ވަރުގަދަ ފިލްމެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިފައެވެ. ރިޕޯޓްތައް ބުނާގޮތުން، “އެންޑިންގ ތިންގްސް”ގައި މާރވެލް ތަރި އެންތޮނީ މެކީ އާއެކު ޕްރިޔަންކާ ފެނިގެންދާނެ އެވެ.
އެންތޮނީ މެކީ މަޤްްބޫލުވެފައި ވަނީ މާވެލްގެ ފިލްމުތަކުގައި އޭނާ ކުޅެފައިވާ ސޭމް ވިލްސަން ނުވަތަ ފެލްކަން ކެރެކްޓަރ އިންނެވެ. އެގޮތުން “ކެޕްޓަން އެމެރިކާ: ދަ ވިންޓަރ ސޯލްޖާރ (2014)، “އޭންޓް-މޭން (2015)، “ކެޕްޓަން އެމެރިކާ: ސިވިލް ވޯރ (2016)، “އެވެންޖަރސް: އިންފިނިޓީ ވޯރ (2018) އަދި “އެވެންޖަރސް: އެންޑްގޭމް (2019) ހިމެނެއެވެ.
“އެންޑިންގ ތިންގްސް”ގެ ވާހަކަ ބިނާކޮށްފައިވަނީ 1994ގައި ޖޭމްސް ކެމެރަން ޑައިރެކްޓްކޮށް ރިލީޒްކުރި އެކްޝަން-ކޮމެޑީ “ޓްރޫ ލައިޒް”ގެ މައްޗަށެވެ. ނަމަވެސް މި ފިލްމުގައި ޕްރިޔަންކާ އަދި އެންތޮނީ ކުޅެނީ ކޮން ރޯލެއްކަން އެނގޭގޮތް ވަނީ ނުވެފައެވެ.
ޕްރިޔަންކާގެ ފިލްމީ މަސައްކަތްތަކަށް ބަލައިލާއިރު، ރުސޯ ބްރަދަރޒް އިން އެމެޒޯން އަށް އުފެއްދި ތުރިލަރ ސީރީޒް، “ސިޓަޑެލް”ގެ ޝޫޓިން ދާދި ފަހުން ނިންމާލާފައި ވެއެވެ. އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި އިނގިރޭސި ފިލްމު “ޓެކްސްޓް ފޯރ ޔޫ” ހިމެނެއެވެ. ބޮލީވުޑުން ފަރްހާން އަޚްތަރު ޑައިރެކްޓްކުރާ ފިލްމު “ޖީ ލޭ ޒަރާ”ގައި ވެސް ޕްރިޔަންކާ ހަރަކާތްތެރިވާނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!