ބޮލީވުޑް ބަތަލުން ކަމަށްވާ އަކްޝޭ ކުމާރާއި އިމްރާން ހާޝިމީ އެކުގައި ކުޅޭ ފުރަތަމަ ފިލްމު ”ސެލްފީ“ ގެ އިސް ބަތަލާއިން ހާމަކޮށްފިއެވެ.
މިހާރު ވަރަށް ބާރަށް ޝޫޓިންގވެސް ކުރިއަށް ގެންދާ ”ސެލްފީ“ ގެ ބަތަލާއިން ހާމަކޮށްފައި މިވަނީ އަކްޝޭ އާއި އިމްރާންއާއެކު ކާރެއްގެ ތެރޭގައި ނަގާފައިވާ ވީޑިއޯއެއްގައެވެ. ފިލްމުގެ ބަތަލާއިންނަކީ ނުޝްރަތު ބަރޫޗާ އާއި ޑަޔާނާ ޕެންޓީއެވެ.
ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންސް އިން ގެނެސްދޭ ”ސެލްފީ“ އަކީ 2019 ގައި ގެނެސްދިން ކާމިޔާބު މަލަޔާޅަމް ފިލްމު ”ޑްރައިވިންގ ލައިސެންސް“ ގެ ހިންދީ ރީމޭކެކެވެ. ”ސެލްފީ“ ގައި ކިޔައިދެނީ މަޝްހޫރު ސުޕަސްޓާރެއް ސައިކަލު ދުއްވަނިކޮށް އޭނާގެ ލައިސެންސް ގެއްލުމުން، ޓްރެފިކް ބަލަހައްޓާ އިންސްޕެކްޓަރެއްގެ އަތްދަށުވެ ހިނގާ މަޖާ ކަންތައްތަކެކެވެ.
”ޑްރައިވިންގ ލައިސެންސް“ ގައި ސުޕަސްޓާރުގެ ރޯލު ޕްރިތުވިރާޖް ސުކުމަރަން ކުޅުނުއިރު، އިންސްޕެކްޓަރުގެ ރޯލު ކުޅުނީ ސޫރަޖް ވެންޖަރަމޫޑުއެވެ. ”ސެލްފީ“ ގައި ސުޕަސްޓާރުގެ ރޯލު ކުޅޭނީ އަކްޝޭ ކަމަށާއި އިންސްޕެކްޓަރުގެ ރޯލު ކުޅޭނީ އިމްރާން ކަމަށް ޚަބަރުތައް ބުނެއެވެ.
”ސެލްފީ“ ޑައިރެކްޓްކުރަނީ އަކްޝޭއާއެކު 2019 ގައި ”ގުޑް ނިއުޒް“ ގެނެސްދިން ޑައިރެކްޓަރު ރާޖް މެހެތާއެވެ. މިއަހަރު ޖޫން 24 އަށްވެސް ރާޖްގެ ފިލްމެއް ރިލީޒްކުރަން ތާވަލުކޮށްފައި އެބައޮތެވެ. އެއީ ވަރުން ދަވަން އާއި ކިއާރާ އަދުވާނީއާއެކު ގެނެސްދޭ ކޮމެޑީ ޑްރާމާ ފިލްމު ”ޖުގް ޖުގް ޖީޔޯ“ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ



