ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސަލްމާން ޚާން މި ފިލްމުން ފެންނާނީ ދުވަހަކުވެސް ނުފެންނަ ގޮތަކަށް!

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު “ކަބީ އީދު ކަބީ ދިވާލީ”ގެ ޝޫޓިން ފެށިކަމުގެ ޚަބަރު ސަލްމާން ދީފައި ވަނީ ވަރުގަދަ މެސެޖެއް އޭނާ މި ފިލްމުން ފެންނާނެ ގޮތް ދައްކައިލާ ފޮޓޯއިން ދެމުންނެވެ.

“އަހަރެންގެ އައު ފިލްމުގެ ޝޫޓިން ފެށިއްޖެ” ޖަހައިލަަމުން ސަލްމާން މިމަހު 14 ވަނަ ދުވަހު އާއްމުކުރި ފޮޓޯ އިން ފެންނަނީ ވަރުގަދަ އެކްޝަން މޯޑެއްގައި ހުންނަ ތަނެވެ. އޭނާގެ އިސްތަށިގަނޑު ވެސް ހުރީ ދިގުކޮށެވެ.މީގެ ކުރިން އޭނާ ކުޅެފައިވާ “ތޭރޭ ނާމް” ފިލްމުގައި ފެންނަ ލުކާއި މި ލުކް ވަރަށް ބޮޑަށް ތަފާތުކަން ފާހަގަކޮށްލެވެއެވެ. އޭނާ އާންމުކޮށް ފިލްމުތަކުން ސްޕާޓް އަދި ޑީސެންޓް ލުކާއި މި ލުކް ވަރަށް ބޮޑަށް ތަފާތެވެ.

ފަރްހާން ސަމްޖީ ޑައިރެކްޓްކުރާ އެކްޝަން ފިލްމު “ކަބީ އީދު ކަބީ ދިވާލީ”ގައި ސަލްމާންގެ އިތުރުން އޭނާގެ ޅިޔަނު އަޔުޝް ޝަރްމާ އާއި ކްރިތީ ސަނޮން އާއި ޕޫޖާ ހެގްޅޭ އަދި ޝެހެނާޒް ގިލް އާއި ރާގަވް ވެސް ފެންނާނެ އެވެ. މީގެ އިތުރުން ލީޑުގައި ދެކުނު އިންޑިއާގެ ބަތަލު ވެންކަޓޭޝް ވެސް ފެންނާނެ އެވެ.

ސާޖިދު ނާދިއާޑްވާލާގެ ފިލްމު ކުންފުނި ނާދިއާޑްވާލާ ގްރޭންޑްސަންގެ މީސްމީޑިއާ މަންސަތަކުގައި ސަލްމާނާއެކު ސާޖިދު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން ބުނެފައިވަނީ ”ކަބީ އީދު ކަބީ ދިވާލީ“ ރިލީޒްކުރާނީ އާ އަހަރާއި ދިމާކޮށް މިއަހަރުގެ ޑިސެމްބަރު 30 ގައި ކަމަށެވެ.

“ކަބީ އީދު ކަބީ ދިވާލީ” އަކީ އާއިލީ ކޮމެޑީއެއް ކަމަށް މަޢުލޫމާތުލިބެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top