ބޮލީވުޑްގެ ޒުވާން ބަތަލު އަދިތުޔާ ރޯއީ ކަޕޫރް ލީޑް ރޯލުން ފެނިގެންދާ ”އޯމް: ދަ ބެޓްލް ވިތިން“ ގެ ޓްރެއިލާ ދައްކާލައިފިއެވެ.
ޓްރެއިލާއިންވެސް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާއިރު ފިލްމުގެ ބަތަލާ ސަންޖަނާ ސާންގީގެ ވެސް އެކްޝަން މަންޒަރުތަކެއް ފެނިގެންދެއެވެ. ޓްރެއިލާގެ ފުރަތަމަ މަންޒަރުން ފެށިގެންވެސް މީގައި ކިޔައިދެނީ ތެރަސްކަން ގަދަ ވަރުގަދަ ވާހަކައެއްކަމުގެ ޔަޤީންކަން ދޭއިރު، އަދިތުޔާގެ މޮޅު އެކްޓިންގއެއް ފެނިގެންދެއެވެ.
”އޯމް: ދަ ބެޓްލް ވިތިން“ ގައި އަދިތުޔާ އާއި ސަންޖަނާގެ އިތުރުން މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ޖެކީ ޝްރޯފް، އަޝޫތޯޝް ރާނާ އަދި ޕްރަކާޝް ރާޖްއެވެ.
ކަޕިލް ވަރްމާ ޑައިރެކްޓްކޮށްފައިވާ މި އެކްޝަން ތުރިލާ ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައިވަނީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ.
”އޯމް: ދަ ބެޓްލް ވިތިން“ ގެ އިތުރުން އަދިތުޔާ ދެން އެންމެ އަވަހަށް ފެނިގެންދާނީ 2019 ގެ ކާމިޔާބު ތަމަޅަ ފިލްމު ”ހިޓް“ ގެ ހިންދީ ރީމޭކް ”ގުމްރާހް“ އިން މުރްނާލް ޓާކުރް އާއެކުގައެވެ. އޭގެ އިތުރުން ސަންޖަނާ ފެނިގެންދާނީ ”ދަކް ދަކް“ އިން ފާތިމާ ސަނާ ޝެއިޚް، ދިއާ މިރްޒާ އަދި ރަތުނާ ޕާތަކް އާއެކުއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




