މުނިއަވަސް އިން މިހާތަނަށް ގެނެސްދޭ އެއްމެ ދިގު އޯޑިއޯ ޕްރޮޑަކްޝަންގެ މަސައްކަތް މުނިއަވަސް ކްލަބްހައުސް ޓީމުން ފަށައިފި އެވެ. ޖުމްލަ 34 އެޕިސޯޑްގެ ”މާފުކުރާށޭ ކަލާ“ އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ ވާހަކަ ނެރޭޝަން އަދި ޑައިލޮގު ޑެލިވަރީ ހިމަނައިގެން، ބެކް މިއުޒިކާވެސް އެކުގައެވެ. މިއީ މުނިއަވަސް ކްލަބްހައުސް އިން ގެނެސްދެމުން އަންނަ އެއްމެ ކާމިޔާބު އެއް ޝޯވ ”ވާހަކައިން ވާހަކަ“ ޕްރޮގްރާމުގެ ސިލްސިލާ ވާހަކަ ސެގްމެންޓްގައި ގެނެސްދިނުމަށް، ނެރޭޓިވް ޑްރެމެޓައިޒޭޝަނެއްގެ ގޮތުގައި ގެނެސްދޭން ތައްޔާރުކުރާ ވާހަކައެކެވެ.
މުނިއަވަސްގައި ޑެޕިއުޓީ އެޑިޓަރެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި ހުނަރުވެރި ވާހަކަލިޔުންތެރިޔާ އާމިނަތު ފަރުޒާނާ (ޒާނާ) 2017 ވަނަ އަހަރު ލިޔެފައިވާ މި ވާހަކައަކީ އެ ދުވަސްވަރު ކިޔުންތެރިންގެ ސަމާލުކަން އެ ވާހަކައަކަށް ހުއްޓިގެންދިޔަ ހިތްގައިމު ލޯބީގެ ވާހަކައެކެވެ.
”މާފުކުރާށޭ ކަލާ”ގެ ނެރޭޓްކުރާނީ މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ (ސައްނު) އެވެ. މުހިންމު ކެރެކްޓާތަކަށް އަޑުން އެކްޓްކުރާނީ ޝަމްސިއްޔާ ޙަސަން (ޝަމް)، އަޙްމަދު ރަޝީދު، ގާއްޑެ، އަޙްމަދު ރަޝީދު (އަންނާރޭ)، ލައިނާ، މާލިކް އަދި ރީޝަމް ޢަލީ އެވެ.
”މާފުކުރާށޭ ކަލާ”ގެ ނެރޭޓިވް ޑްރެމެޓިކް ވާރޝަންގެ ޓައިޓްލް ލަވައެއް ވެސް މުނިއަވަސް އިން ހަދައި އާއްމުކޮށްފައިވެ އެވެ. އިބްރާހީމް ނިފާރު (ތިއްތި) ހަދާފައިވާ ’ހިނިތުންވެލާށޭ ކަލާ‘ ލަވައިގެ ރާގަށް އަޙްމަދު ރަޝީދު ހަދާފައިވާ ޅެމަށް، ލަވަ ކިޔާފައިވަނީ ކުރިއަރަމުން އަންނަ ހުނަރުވެރި ލަވަކިޔުންތެރިޔާ ރާޔާ އެވެ. ރާޔާގެ ހިތްގައިމު އަޑުން ކިޔާފައިވާ މި ލަވައިގެ ރެކޯޑިން އެރޭންޖްމެންޓް ހަދައިދިނީ ރިޓްޒް ލިރިކްސް އިންނެވެ.
”މާފުކުރާށޭ ކަލާ”ގެ ފުރަތަމަ އެޕިސޯޑް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މި ހަފުތާގެ ބުރާސްފަތި ދުވަހުގެރޭ އޮންނަ ”ވާހަކައިން ވާހަކަ“ ޕްރޮގްރާމުގަ އެވެ. މި ޕްރޮގްރާމު އޮންނާނީ 10:30ގެ ޚަބަރަށް ފަހުގަ އެވެ.
”ވާހަކައިން ވާހަކަ“ ޕްރޮގްރާމުގައި މީގެ ކުރިން ވަނީ މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު ޢަބްދުﷲ (ސާންޑީ) ލިޔެފައިވާ ފަސް އެޕިސޯޑްގެ ވާހަކަ ”ލައިލާ“ ވެސް މިގޮތަށް ގެނެސްދީފަ އެވެ. މި ވާހަކައަށް މުނިއަވަސް ކްލަބްހައުސް އެހުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަން ފާހަގަކޮށްލެވެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




