ވަރޫން ދަވަން، ކިއާރާ އަދްވާނީ، ނީޓޫ ކަޕޫރް އަދި އަނިލް ކަޕޫރް ލީޑުން ފެނިގެންދާ ފިލްމު ”ޖުގްޖުގް ޖިޔޯ“ ސިނަމާތަކުގައި ދައްކަން ފެށުމާމެދު ދެން މާގިނަ ދުވަހެއް ނެތެވެ. ނަމަވެސް މި ފިލްމުގެ މައްސަލަ މިވަނީ ކޯޓަށް ވައްދާފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ފިލްމުގެ ސްކްރިޕްޓް އަދި ލަވައެއް ނަކަލުކުރި ކަމުގެ ތުހުމަތުކުރެވި ފިލްމު އުފެއްދި ފަރާތްތަކާ ދެކޮޅަށް ކޯޓަށް މައްސަލަ ވައްދާފައިވެ އެވެ. މި މައްސަލަ ބަލަމުން ގެންދަނީ ރާންޗީ ކޯޓުގައެވެ. މައްސަލަ ބަލައި ނިމުމާއެކު ފިލްމު ރިލީޒްކުރުމަށް ނިންމާފައިވެ އެވެ.
ރާންޗީއަށް ނިސްބަތްވާ ލިޔުންތެރިއާ ވިޝާލް ސިންހ ބުނަނީ ”ޖުގްޖުގް ޖިޔޯ“ގެ ވާހަކަ އާއި އޭނާ ލިޔެފައިވާ ”ބަނީ ރާނީ“އާ އެއްގޮތް ކަމަށާ އޭނާއަށް އެއްވެސް ކްރެޑިޓެއް ނެތި އޭނާ ލިޔެފައިވާ ސްކްރިޕްޓް ނަކަލުކޮށްފައިވާ ކަމަށެވެ. ވިޝާލް ކޯޓަށް ވެއްދި މައްސަލައިގައި އެދިފައި ވަނީ ހަމައެކަނި ފިލްމު ދެއްކުން ހުއްޓާލުމަށް އެކަންޏެއް ނޫނެވެ. އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 1.5 ކްރޯޑް އިންޑިއަން ރުޕީސް ހޯދައިދިނުމަށް އެދިފައިވެ އެވެ.
ރާޖް މެހްތާ ޑައިރެކްޓްކޮށްފައިވާ ”ޖުގްޖުގް ޖިޔޯ“ ޕްރޮޑިއުސްކޮށްފައިވަނީ ’ވަޔާކޮމް 18‘ އަދި ކަރަން ޖޯހަރް، ހިރޫ ޔާޝް ޖޯހަރް އަދި އަޕޫރްވާ މެހްތާގެ ’ދަރްމާ ޕްރޮޑަކްޝަން‘ އިންނެވެ.
ފިލްމުގެ މައްސަލަ ކޯޓުގައި އޮތަސް، މި ފިލްމުގެ ތަރިން އަންނަނީ ފިލްމު ޕްރޮމޯޓްކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވަރޫން އަދި ކިއާރާ ދާދި ފަހުން ޕޫނޭގައި ވެސް މި ފިލްމު ޕްރޮމޯޓްކުރުމަށް ހަރަކާތްތަކެއް ހިންގާފައިވެ އެވެ. ނީޓޫ އަދި އަނިލް ކަޕޫރް ވެސް ޖައިޕޫރްގެ މަގުތައް މަތީގައި ފިލްމު ޕްރޮމޯޓްކުރުމަށް އުޅެފައިވެ އެވެ.
ކޮންމެއަކަސް، ސިނަމާގައި ދެއްކުމުގެ ކުރިން މި ފިލްމު ކޯޓުގައި ދައްކާނެ އެވެ. ފަނޑިޔާރު އެމް ސީ ޖާހ، މި މައްސަލަ ބައްލަވައި މިއީ ފިކުރީ މުދަލަށް އަރައިގަނެ ނަކަލުކޮށްފައިވާ ފިލްމެއްކަން ނުވަތަ ނޫންކަން ނިންމަވާނެ އެވެ.
ފިލްމުގެ ސްކްރިޕްޓްގެ މައްސަލައިގެ އިތުރުން ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އަބްރާރުލް ޙައްޤުގެ ލަވަ ”ނަޗް ޕަންޖާބަން“ މި ފިލްމުގައި ބޭނުންކޮށްފައިވާ މައްސަލަ ވެސް ފެންމަތިވެފައިވެ އެވެ. ކަރަން ޖޯހަރަށް ’ނަޗް ޕަންޖާބަން“ ބޭނުންކުރުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށް އަބްރާރުލް ޙައްޤު ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




