މޯލްޑިވްސް ފިލްމް އެސޯސިއޭޝަނުން 2022 ޖޫން 29ގައި ޚާއްޞަ ބައްދަލުވުމެއް ބާއްވަން ނިންމައި އެކަން އިޢުލާނުކޮށްފި އެވެ.
މިއީ މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ދައުރު ހަމަވެފައި ވާތީ، ކުރިއަށް އޮތް ދައުރަށް އެސޯސިއޭޝަންގެ ހިންގާ ކޮމެޓީ އެކުލަވައިލުމަށާއި، އިންތިޚާބުގެ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތަކާއި މެދު މަޝްވަރާކުރުމަށް ބާއްވާ ވަރަށް ޚާއްޞަ ޖަލްސާއެއް ކަމަށް މޯލްޑިވްސް ފިލްމް އެސޯސިއޭޝަނުން ހާމަކުރެ އެވެ.
މި ޚާއްޞާ ޖަލްސާއަށް ވަޑައިގެން ދެއްވުން އެދި، އެސޯސިއޭޝަންގެ އެންމެހާ އާންމު މެނބަރުންނަށް ފިލްމު އެސޯސިއޭޝަނުން ދައުވަތުއަރުވަ އެވެ.
އެއްމެ ފަހުން މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ބޯޑު އެކުލަވައިލީ 27 ޑިސެމްބަރު 2018ގައެވެ. އެބޯޑުގެ ޗެއަރއަކަށް އިންތިޚާބުވީ ޝިވާޒް (މާސްކޭ)އެވެ. ވައިސް ޗެއަރ އަކަށް ނިއުމާ، ޖެނެރަލް ސެކްރެޓަރީ އަކަށް ޔޫއްޕެ އަދި ޚަޒާންދާރަކަށް އިންތިޚާބްވީ ޖާދުﷲ އިސްމާޢީލް އިންތިޚާބުކުރި އެވެ.
އެއިންތިޚާބުގައި ވޯޓްލުމަށް ރެޖިސްޓްރީ ކުރީ 57 މެންބަރުންނެވެ. ވޯޓްގައި ބައިވެރިވީ 55 މެންބަރުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި