ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާން ޑްރާމާ “މުޝްކިލް” ފަށަނީ

ޕާކިސްތާން ޑްރާމާ ސިލްސިލާ “މުޝްކިލް” އަންނަ ހޮނިހިރު (23 ޖުލައި) ދުވަހުގެ ރޭ ފަށާގޮތަށް ނިންމައިފިއެވެ.

މަޝްހޫރު ބަތަލާ ސަބޫރް ޢަލީ، ކުޝާލް ޚާން އަދި ޒައިނަބް ޝައްބީރް އިސް ރޯލުތަކުން ފެނިގެންދާ “މުޝްކިލް” ގެ މައިގަނޑު ބައިތައް ކުޅެފައިވާ ތަރިންގެ ތެރޭގައި ޤުދުސިއާ ޢަލީ، ހުމަޔޫން އަޝްރަފް، ޝަގުފްތާ އެޖާޒް، ބެހެރޯޒް ޝަބްޒްވާރީ، އީރަމް ބިންތު ޝާހިދު އަދި ސައިފީ ޙަސަން ފަދަ ތަރިން ހިމެނެއެވެ.

ތިނެސްކަން ލޯބީގެ ވާހަކައެއް ކިޔައިދޭ “މުޝްކިލް” އަކީ ޢަބްދުﷲ ކަދްވާނީ އާއި އަސަދު ޤުރޭޝީގެ ސެވެންތު ސްކައި އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކުރާ ޑްރާމާއެކެވެ. ޑްރާމާ ލިޔުނީ އަދީލް ރައްޒާޤްއެވެ. ޑައިރެކްޓްކުރީ މަރީނާ ޚާންއެވެ.

ހޮނިހިރު ދުވަހުގެ ރޭ “މުޝްކިލް” ދައްކަން ފަށާއިރު، ޑްރާމާގެ އާ އެޕިސޯޑެއް ކޮންމެ ރެޔަކު ރާއްޖެ ގަޑިން 21:00 ގައި ޖީއޯ ޓީވީއިން ދައްކާގޮތަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން ޖީއޯ ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލްއިންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top