މިމަހު 06 ގައި ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު ‘ދެވަންސޫރަ’ އިގެ ތީމް ލަވަ ‘ދިން އުފާ ވީފަނާ’ ރިލީޒްކޮށްފި އެވެ.
ދިވެހި މުޖުތަމަޢުގައި ކަންބޮޑުވާ ދަރަޖައަށް ގޮސްފައިވާ މީހުންމެރުމުގެ މައްސަލަ އަށް ބިނާކޮށް ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށް އެކްޓްވެސް ކޮށްފައިވާ ފިލްމު ‘ދެވަންސޫރަ’ އިގެ ތީމް ލަވަ ‘ދިން އުފާ ވީފަނާ’ އިން ފިލްމުގެ ގިނަ މަންޒަރުތަކެއް ފެނިގެންދެ އެވެ.
ފިލްމުގެ މައިގަނޑު ޙާދިސާ ކަމަށްވާ އަންހެންކުއްޖެއްގެ މަރުގެ ތަހްގީގުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރާއި ޔޫއްޕެ އަދި ދޮން އައްޔަ ފެންނަނީ ނަފުސާނީ ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ ފަދަ ގޮތަކަށެވެ. ފިލްމުގެ ގިނަ މަންޒަރުތަކެއް ގެ ޑައިލޮގާއި އެއްކޮށް ހިމަނާފައިހުރި ބައިތައް ފެނުމުން ފިލްމު ބަލައިލުމުގެ ޝައުގުވެރިކަން އިތުރުވެގެންދެ އެވެ.
ޒަރާނާ ޒަރީޒް ގެ ޅެމަކަށް ހަދާފައިވާ މި ލަވަ ކިޔާފައިވަނީ ހުސައިން ޝިފާން އެވެ. މިއުޒިކު ތައްޔާރުކޮށްފައިވަނީ ފަޗޫ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!