ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑީޕިކާ އަދި ޕްރިޔަންކާއަށް ފަހު، އާލިއާ ބަޓް ވެސް ހޮލީވުޑާއި ދިމާއަށް؟

ބޮލީވުޑްގެ މަޝްހޫރު ބަތަލާއިން ކަމަށްވާ ޕްރިޔަންކާ ޗޯޕްރާ އާއި ޑީޕިކާ އަކީ މިހާރު ހޮލީވުޑް ގެ ފިލްމުތަކުން ފެންނަމުން އަންނަ ދެ ތަރިންނެވެ. އާލިއާ ބަޓް ވެސް ހުޅަނގަށް ގޮސް މަސައްކަތްކުރަން ބޭނުންވާ ކަމަށްވަނީ ބުނެފައެވެ.

“ލިބޭ ރޯލެއްގެ ގޮތުން، ދާން ބޭނުން. ނަމަވެސް އަދި މިހައިތަނަށް އެފަދަ ހުށައެޅުމެއް ނުލިބޭ. މިވަގުތު އަހަރެން ބޭނުންވަނީ ބޮލީވުޑް ގައި އަހަރެންގެ މަސައްކަތަށް ފޯކަސް ކޮށްގެން އުޅެ ރަނގަޅަށް ފައިތިލަ ސާބިތުކޮށްލަން. އެއަށްފަހު އެހެން ދިމާއަކަށް ދާން ވިސްނާނީ.

ފިލްމު އުފެއްދުންތެރިޔާ މަހޭޝް ބަޓް ގެ 22 އަހަރުގެ ދަރިފުޅު، އާލިއާ ބަޓް ބޮލީވުޑް އިން ވިދާލާފައިވަނީ ކަރަން ޖޯހަރުގެ ފިލްމު، ސްޓޫޑެންޓް އޮފް ދި ޔަރ އިންނެވެ. އޭގެ ފަހުން ފިލްމު ހައިވޭ، ޓޫ ސްޓޭޓްސް އަދި ހަމްޓީ ޝަރްމާ ކީ ދުލްހަނިޔާ އިން އޭނާ ވަނީ ފާހަގަ ކޮށްލެވޭފަދަ ހުނަރުތަކެއް ދައްކާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top