ކުރިއަރަމުން އަންނަ ލަވަކިޔުންތެރިޔާ މުޙައްމަދު ރިއްފަތު ގެ ‘މިރޭ ހާދަ ޗާލޭ’ ގެ ވީޑިއޯ ލަވަ ރިލީޒް ކޮށްފި އެވެ.
ރިއްފަތު ކިޔާފައިވާ މި ލަވައިގެ ވީޑިއޯގައި ހަރަކާތްތެރިވެފައިވަނީ ޒުވާން ބަޠަލާ މަލީހާ (މަލް) އާއި ރިއްފަތެވެ. އަޙްމަދު އިސްމާޢިލް ގެ ޅެންވެރިކަން އެކުލެވޭ މި ލަވައިގެ މިއުޒިކް ހަދާފައިވަނީ ކޮއްކޮ އެވެ.
ލަވައިގެ ކެމެރާ ކޮށްފައި ވަނީ އަޙްމަދު ޒާހިރު އަދި ދަބާ އެވެ. ޑައިރެކްޓްކޮށްފައިވަނީ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އެވެ. ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްކޮށްފައިވަނީ ޒިޔާ އެވެ.ޕްރޮޑިއުސަރަކީ މުޙައްމަދު ރިއްފަތެވެ.
ރިއްފަތު އުންމީދުކުރަނީ މި ލަވަ ބެލުންތެރިންނަށް ކަމުދާނެ ކަމަށެވެ.
ކިޔުންތެރިންގެ ޚިޔާލު
