ރާއްޖޭގެ އެންމެ މަގުބޫލު އެއް މިއުޒިކް ލޭބަލް، ސިމްބޮލިކް ރެކޯޑްސްގެ ރައްޔާން މުޙައްމަދު (ރައިޑޭ) ކިޔި “ރަން” އަޑުއަހައިފިން ހެއްޔެވެ؟ މިއީ ރެޕް ލަވައަށް ލޯބިކުރާ ފަރާތްތަކަށް ރައިޑޭ ކިޔައިދީފައިވާ ‘ރަނެ’ކެވެ. އަހައިލަން ފަސޭހަ، ހިތްގައިމު އަދި އެހާމެ ފައްކާ ލަވައެކެވެ.
ރެޕްގެ އުދަރެހަށް ރަތާއި ކަޅުން ކުލަޖެހިގެން ނުކުތް ވަރުގަދަ ލަޝްކަރު ސިމްބޮލިކްސްގެ “ރަން” މިހާރު ބައިސްކޯފު އެޕްލިކޭޝަން މެދުވެރިކޮށް އަޑުއަހައިލެވޭނެ އެވެ.
ހިތްގައިމު، ސަޅި ރެޕް ލަވަތަކެއް ގެނެސްދެމުން އަންނަ ރައިޑޭގެ “ރަން”ލަވައިގައި ކިޔައިދެނީ މުއްސަނދިވުމަށް ބޭނުންވާ މީހެއްގެ ވާހަކަ އެވެ. މި ލަވައިގެ ހުރިހާ މަސައްކަތެއް ކޮށްފައިވާ ވަނީ ރައިޑޭ އަމިއްލައަށް ކަމަށް ސިމްބޮލިކްސް އިން މުނިއަވަސް އަށް ބުންޏެވެ.
މި ލަވައިގެ ވީޑިއޯއެއް ހެދުމަށް މިވަގުތު ނުވިސްނާ ކަމަށާ އޭގެ މައިގަނޑު ސަބަބަކީ ނިންމަން ހުރި އޯޑިއޯ ލަވަތަކެއްގެ މަސައްކަތް ކުރަން ހުރުން ކަމަށް މުނިއަވަސްއާ ވާހަކަދައްކަމުން ސިމްބޮލިކް ރެކޯޑްސްގެ މާކެޓިންގ އެންޑް ޕީއާރް ޑިރެކްޓަރ އިސްމާއިލް ނާއިލް ނަޝީދު ފާހަގަކުރި އެވެ. ނާއިލް ބުނީ މިވަގުތުވެސް ތިނެއް ނުވަތަ ހަތަރު އަލްބަމެއްގެ މަސައްކަތް ކުރެވެމުންދާ ކަމަށާ ސިންގަލް ލަވަތަކެއްގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!