މިމަހު 21ގައި ރިލީޒްކުރި އެޗްބީއޯގެ “ހައުސް އޮފް ދަ ޑްރެގަންސް” ޕްރިމިއާކުރި ދުުވަހު އެކަނިވެސް 10 މިލިއަން މީހުން އެޗްބީއޯ މެކްސް އިން ފުރަތަމަ އެޕިސޯޑް ބަލާފައިވާކަމަށް އެ ސްޓްރީމިން ސާވިސް އިން ބުނެފި އެވެ. މިއީ އެޗްބީއޯގެ ތާރީޚުގައި ވެސް، އާ ސީރީޒެއް ޕްރިމިއާކުރި ދުވަހު މިހާ ބޮޑު އޯޑިއަންސެއް ލިބުނު ފަހަރުކަން ފާހަގަކޮށްލެވެ އެވެ.
“ގޭމް އޮފް ތްރޯންސް” ސީރީޒްގެ ޕްރިކުއެލް ސީރީޒް، “ހައުސް އޮފް ދަ ޑްރެގަންސް”ގެ ފުރަތަމަ އެޕިސޯޑުން ދައްކައިދެނީ “”ގޭމް އޮފް ތުރޯންސް”ގައި ހިނގާފައިވާ ކަންކަމުގެ 200 އަހަރު ކުރީގެ މުހިއްމު ހާދިސާތަކެކެވެ.
އެޗްބީއޯގެ ރެކޯޑްތަކުގެ އިތުރުން “ހައުސް އޮފް ދަ ޑްރެގަންސް” ވަނީ އެމެރިކާ، ލެޓިން އެމެރިކާ، ޔޫރަޕް، މެދުއިރުމަތި، އަދި އެފްރިކާގައިވެސް އެޗްބީއޯ އިން ޕްރިމިއަރ ކުރި އެންމެ ބޮޑު ސީރީޒްގެގޮތުގައި ފާހަގަވެފައެވެ.
“ހައުސް އޮފް ދަ ޑްރެގަންސް” އަކީ ޖޯޖް އާރްއާރް މާޓިންގެ ޚިޔާލީ ވާހަކަ ‘ފަޔާރ އެންޑް ބްލަޑް’ ގެ މައްޗަށް ބިނާކޮށްފައިވާ ސީރީޒެކެވެ. 10 އެޕިސޯޑުގެ މި ސީރީޒްގައި ދައްކައިދެނީ ‘ހައުސް އޮފް ޓާގޭރިއަން’ ގެ ތެރޭގައި ތަޚުތުގެ ދަހިވެތިކަމުގައި ފަށާ ސިޔާސީ ހަނގުރާމަ އެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި